ދިވެހިރާއްޖެ
ހިތަދޫ ޕޯޓް ލިމިޓެޑުގައި ގިނަދުވަސްވެފައިވާ މުދާތައް ނީލަމުގައި ވިއްކާލަން ވަނީ ހަމަޖެހިފައެވެ. މި ނީލަމާއި ބެހޭ އިތުރު ތަފްސީލު ތިރީގައި މިވަނީއެވެ.
1 .މުދަލުގެ އަދަދާއި ބާވަތް: ތަފްޞީލް މި އިޢުލާނާއި އެކު އެއްކަރުދާސް ކުރެވިފައި
2 .ނީލަން ކިޔާ މުދާ ބެލުމާއި ނަން ނޯޓް ކުރުން:
ނީލަމުގައި ބައިވެރިވުން : މި ނީލަމުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ތިރީގައިވާ އެޕްލިކޭޝަން ފޯމު ފުރިހަމަ ކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ. ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 24 ޖުލައި 2024 ވާ ބުދަ ދުވަހުގެ 14:00 ގައި
މުދާ ބެލުން : ނީލަން ކިޔާ މުދާ ބެލުމަށް ހަމަޖެހިފައިވަނީ 25 ޖުލައި 2024 ވާ ބުރާސްފަތި ދުވަހު ހެނދުނު 10:00 ގައި
ނީލަން ކިޔުން : ނީލަން ބޭއްވުމަށް ހަމަޖެހިފައިވަނީ 28 ޖުލައި 2024 ވާ އާދީއްތަ ދުވަހު ހެނދުނު 10:00 ގައި
ނީލަން ކިޔާ ތަން : ހިތަދޫ ޕޯޓް ލިމިޓެޑް (އެޑްމިން ބިލްޑިންގް)
* މުދާ ބެލުމާއި ނީލަމުގައި ބައިވެރި ވެވޭނީ ނީލަމުގައި ބައިވެރިވުމަށް ފޯމު ހުށަހަޅާ ފަރާތްތަކަށް އެކަންޏެވެ. މިނީލަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް 7696013 އަށް ގުޅުއްވުން އެދެމެވެ.