ޢާންމު މަޢުލޫމާތު
ނަންބަރު: MTCC-CSD/IU/2024/0224
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 27 ޖުލައި 2024 12:00
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
2023 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާ ދޫކުރުން

2024 ޖުލައި 17 ވީ ބުދަ ދުވަހުގެ ރޭ ބޭއްވި މިކުންފުނީގެ އަހަރީ ޢާންމު ޖަލްސާގައި، 2023 ވަނަ އަހަރުގެ ޙިއްޞާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގުގެ ކޮންމެ 05 (ފަހެއް) ރުފިޔާގެ ޙިއްޞާއަކަށް، -/03 (ތިނެއް) ރުފިޔާ، ޖުމްލަ -/24,113,247 (ސައުވީސް މިލިއަން އެއްލައްކަ ތޭރަހާސް ދުއިސައްތަ ސާޅީސް ހަތެއް) ރުފިޔާ ދޫކުރަން ނިންމާފައިވާކަން ކުންފުނީގެ އެންމެހާ ޙިއްޞާދާރުންގެ މަޢުލޫމާތައްޓަކައި ދަންނަވަމެވެ.

 

މިގޮތުން ޙިއްޞާގެ ފައިދާ ނެންގެވުމަށް، މިކުންފުނީގައި ބޭންކް އެކައުންޓް ރަޖިސްޓްރީ ކޮށްފައިނުވާ އަދި އެކައުންޓަށް ބަދަލު އައިސްފައިވާ ޙިއްޞާދާރުން މިކުންފުނީގެ ވެބްސައިޓުގައިވާ ޙިއްޞާދާރުންގެ ޕޯޓަލްގައި އެކައުންޓު ނަންބަރު އަޕްޑޭޓްކުރުމަށް ނުވަތަ "ޙިއްޞާގެ ފައިދާއަށް އެދޭ ފޯމު" މެދުވެރިކޮށް ހުށަހެޅުމުން އެފަރާތްތަކުގެ ޙިއްޞާގެ ފައިދާ ޖަމާކޮށްދޭނެ ވާހަކަ ދެންނެވީމެވެ.

21 ޖުލައި 2024