ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)GS80/GS80/2024/14
ޕަބްލިޝްކުރި ތާރީޚް: 21 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:25
ސުންގަޑި: 28 ޖުލައި 2024 10:00
އުލިގަމު ސްކޫލް، ހއ. އުލިގަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު: އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް މީހަކު ހޯދުން

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-118642

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

GS3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އުލިގަމު ސްކޫލް ، ހއ. އުލިގަން

މުސާރަ:

4465.00 ރުފިޔާ

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

އެހެނިހެން އެލަވަންސް:

-          ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

-          ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.

-          ސަޕޯޓިންގ ކޯ އެލަވަންސް: 700.00 ރުފިޔާ

-          ސަޕޯރޓިންގ ކޯ އެލަވަންސް: މުސާރައިގެ %35

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1-     ސްކޫލްގެ ރަސްމީ ގަޑިތަކަށާއި، އެހެނިހެން ކަންކަމަށް ސްކޫލް ހުޅުވަންޖެހޭ ގަޑިތަކަށް ސްކޫލް ހުޅުވާ ބަންދުކުރުން.

2-     ސްކޫލްގެ މުދަލާއި ފައިސާއާއި ގުޅޭ ކަންތައްތައް ކަނޑައެޅިފައިވާ ގަވާއިދުތަކާއި އެއްގޮތަށް ކުރުމާއި ބެލެހެއްޓުން.

3-     ސްކޫލްގެ މުދަލާއި ފައިސާއާއިބެހޭގޮތުން ތައްޔާރުކުރަންޖެހޭ އަދި ބަލަހައްޓަންޖެހޭ އެންމެހާ ލިޔެކިޔުންތައް ގަވާއިދުތަކާއި އެއްގޮތަށް ތައްޔާރުކޮށް ބެލެހެއްޓުމާއެކު، މިކަންކަމާއި ގުޅޭގޮތުން އެކިއެކި ފަރާތްތަކަށް ފޮނުވަންޖެހޭ ލިޔެކިޔުންތައް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވާ، ފައިލްކޮށް ބެލެހެއްޓުން.

4-     މުވައްޒަފުންގެ މުސާރައާއި އެލަވަންސްގެ ކަންތައްތަކާ ގުޅޭ ތައްޔާރުކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުމާއެކު، މުވައްޒަފުންނަށް ގަވާއިދާއި އެއްގޮތަށް މުސާރައާއި އެލަވަންސް ދިނުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައްކުރުން.

5-     ސްކޫލުން އެކިއެކި ފަރާތްތަކަށް ދައްކަންޖެހޭ ބިލްތައް އަދާކުރަންޖެހޭ ތާރީޚްތަކަށް އަދާކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ގަވާއިދުތަކާއި އެއްގޮތަށް ކޮށް، ބިލްތައް އަދާކުރުމާއިއެކު ކަމާގުޅޭގޮތުން ބަލަހައްޓަންޖެހޭ އެންމެހާ ލިޔެކިޔުންތައް ގަވާއިދުން ބެލެހެއްޓުން.

 

6-     ސްކޫލަށް އެކިއެކި ފަރާތްތަކުން ދައްކަންޖެހޭ ފައިސާއާއި ތަކެތި ގަވާއިދުން ހޯދާ ބެލެހެއްޓުން.

7-     މުދަލާއި ފައިސާއާއި ގުޅޭގޮތުން ތައްޔާރުކުރަންޖެހޭ ރިޕޯރޓްތަކާއި އެހެނިހެން ލިޔުންތައް ތައްޔާރުކޮށް، ފޮނުވަންޖެހޭ މުއްދަތުތައް ފަހަނައަޅާ ދިއުމުގެކުރިން ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވާ، ގަވާއިދުން ބެލެހެއްޓުން.

8-     ސްކޫލަށް ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތްތައް ހޯދުމުގައި އެކިއެކި ފަރާތްތަކުން ހޯދަންޖެހޭ ކޯޓޭޝަނާއި، ޕީ.އޯ، އިންވޮއިސް ފަދަ ތަކެތި ހޯދުމުގައި ކުރަންޖެހޭ މުޢާމަލާތްތައްކޮށް، ސްކޫލަށް ބޭނުންވާ ތަކެއްޗާއި ޚިދުމަތް ގަވާއިދުން ހޯދުން.

9-     ސްކޫލްގައި ކުރެވޭ ޢިމާރާތްކުރުމާއި، މަރާމާތާއި، ޚިދުމަތް ލިބިގަތުންފަދަ ކަންކަމާއި ގުޅިގެން އަންދާސީ ހިސާބު ހުށައެޅުމާއި، އަންދާސީ ހިސާބު ވަޒަންކުރުމާއި، އެއްބަސްވުން ހެދުންފަދަ ކަންތައްތަކުގައި ކުރަންޖެހޭ މަސައްކަތްތައް އިސްވެރިޔާގެ ލަފާގެ މަތިންކޮށް، ބެލެހެއްޓުން.

10- ސްކޫލްގެ ޢިމާރާތްތަކާއި މުދަލާއި ތަކެއްޗަށް ލިބޭ ގެއްލުންތައް ބަލާ، ސްކޫލްގެ ވެރިންނަށް މަޢުލޫމާތު ފޯރުކޮށްދީ، އެކަންކަމާއި ގުޅޭގޮތުން ކުރަންޖެހޭ މުދަލާއި ފައިސާއާއި ގުޅޭ ކަންތައްތައް އަންގާ ގޮތެއްގެމަތިން، ގަވާއިދުތަކާއި އެއްގޮތަށް ކުރުމާއި ބެލެހެއްޓުން.

11- ސްކޫލުގެ ޕްލޭންތަކާއި ލަނޑުދަނޑިތަކާއި މަޤްޞަދުތައް ޙާޞިލްކުރުމާއި ތަންފީޒުކުރުމުގައި މުވައްޒަފުގެ މަޤާމުގެ ދާއިރާއިން ނުވަތަ މުވައްޒަފުގެ އިޚްތިޔާރާއެކު ވަކި ޒިއްމާއެއް ޙަވާލުކުރެވިއްޖެނަމަ، ސްކޫލްގެ ޕްލޭނާއި އެއްގޮތަށް ނުވަތަ އަންގާ ގޮތެއްގެ މަތިން އެކަމެއް ތަންފީޒުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

12- މުވައްޒަފުންގެ ބައްދަލުވުންތަކާއި، ސްކޫލުން ބާއްވާ ޖަލްސާތަކާއި، އެހެނިހެންވެސް ބައްދަލުވުންތަކުގެ ތެރެއިން މުވައްޒަފު ހާޒިރުވުމަށް އެންގޭ ބައްދަލުވުންތަކަށް ހާޒިރުވުން. އަދި މިފަދަ ކަމަކަށް ތައްޔާރުވުމަށާއި، މިފަދަ ކަމެއް ކުރިއަށް ގެންދިއުމަށްޓަކައި އެ މުވައްޒަފެއްގެ ފަރާތުން ދިނުމަށް އެދޭ އެހީތެރިކަމާއި އެއްބާރުލުން ދިނުން.

13- މި ވަޒީފާ ބަޔާނުގައި ކަނޑައެޅިގެން ބަޔާންކުރެވިފައި ނެތްކަމެއް ދިމާވާ ޙާލަތުގައި އެކަމަކީ އެކަމެއްގެ ޒާތުގައި ތަނުގައި ތިބި ތަފާތު މުވައްޒަފުންގެ ތެރެއިން އެކަމެއް ކުރުން އެންމެ އެކަށީގެންވާ ފަރާތަކީ މި ވަޒީފާ ބަޔާނުގައި ހިމެނޭ މަޤާމުގެ މުވައްޒަފެއް ކަމަށް ޤަބޫލުކުރެވޭ ހިނދު، އަދި އެއީ މި މަޤާމުގެ މުވައްޒަފެއްގެ މަސައްކަތުގެ ދާއިރާގެ ތެރޭގައި ހިމެނިދާނެފަދަ ކަމެއްކަމަށް ބެލެވޭ ހިނދު އަންގާ ގޮތެއްގެ މަތިން އެފަދަ ކަންތައްތައް ކުރުން.

14- ތިމާގެ އަމިއްލަ ފަންނީ ޤާބިލްކަން އިތުރުކުރުމަށް ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް / ސްޓާފް ޑިވެލޮޕްމަންޓް ޕްރޮގްރާމްތައްފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތުލިބޭ ހިނދު، އެފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމާއި، ސްކޫލް ފެންވަރުގައި ހިންގޭ މިފަދަ ޕްރޮގްރާމްތަކުގައި ޢަމަލީ ގޮތުން ބައިވެރިވެ، ތިމާއާއި އެހެން މުވައްޒަފުންގެ ކުރިއެރުމަށް ފަންނީ ގޮތުން އެހީތެރިކަންދިނުމާއިއެކު ޢަމަލީ ގޮތުން މަސައްކަތް ކުރުން.

15- ދިމާވާ ކުއްލި ޙާލަތެއް ނުވަތަ ކަމަކާއި ގުޅިގެން، އެކަމެއް ނުކުރެވިއްޖެނަމަ ސްކޫލްގެ ދަރިވަރަކަށް ނޫނީ މުވައްޒަފަކަށް ނުވަތަ ސްކޫލްގެ ތަނަކަށް، މުދަލަކަށް އަދި އެއްޗަކަށްވިޔަސް އެކަށީގެންނުވާ މާއްދީ ނުވަތަ މަޢުނަވީ ގެއްލުމެއްވިޔަސް ލިބިދާނެ ފަދަ ޙާލަތެއްގައި އަންގާ ގޮތެއްގެ މަތިން މަސައްކަތްކުރުން.

މަޤާމުގެ ޝަރުޠުތައް:

1-     "ސާނަވީ" ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

 

2-     "މަތީ ސާނަވީ" ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ

 

3-     ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސެޓްފިކެޓް 4 ނުވަތަ އެޑްވާންސްޑް ސެޓްފިކެޓެއް ޙާޞިލްކޮށްފައިވުން.

 

މަގާމުގެ ތައުލީމީ ރޮނގުތައް: ނެތް

މަގާމުގެ ޕްރިފަރޑް ޑިސިޕްލިން:  ނެތް

މަގާމުގެ ކޯ ޑިސިޕްލިން:  ނެތް

މަގާމުގެ މަސައްކަތުގެ ދާއިރާތައް: އެޑްމިނިސްޓްރޭޝަން، މެނޭޖްމަންޓް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1-     ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

 

2-     ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

 

3-     ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

 

4-     ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

 

5-     ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 

(ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

 

6-     މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)  ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ށ)  ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް "ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2023 (ދެވަނަ އިޞްލާޙު)" ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

ޖީއެސް 3 އަދި ޖީއެސް 4 ގެ އޮފިސަރ ކްލެސިފިކޭޝަންގެ ކްރައިޓީރިއާ

 

އަސާސީ ޝަރުޠު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

އެސެސްމަންޓް (އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

 

1-     މި ކްރައިޓީރިއާގައި ހިމެނޭ މަޤާމުތަކަށް ކުރިމަތިލާ ފަރާތްތައް މަޤާމުގެ އަސާސީ ޝަރުޠުހަމަވާ ނަމަ، ކްރައިޓީރިއާގައި އަސާސީ ޝަރުޠުހަމަވުމުން ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ލިބޭނެއެވެ.

2-     މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމުލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

3-     މި ކްރައިޓީރިއާގައި ހިމެނޭ މަޤާމުތަކަށް އެސެސްމަންޓް އޮންނާނެއެވެ.

4-     އިންޓަރވިއުއާއެކީ ޕްރެޒެންޓޭޝަނެއް ދިނުމަށް އިދާރާއިން ނިންމާފައިވާ ނަމަ، ކްރައިޓީރިއާގައި "އިންޓަރވިއުއަށް" ކަނޑައަޅާފައިވާ 35 ޕޮއިންޓުގެ ދެބައިކުޅަ އެއްބަޔަށް ވުރެ އިތުރުނުވާގޮތަށް ޕްރެޒެންޓޭޝަނަށް ވަކި ޕޮއިންޓެއް ކަނޑައަޅައި ޕޮއިންޓުދެވޭނެއެވެ. އަދި އިންޓަރވިއު

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ ‏2024‏ ޖުލައި‏ 28‏ ވާ އާދީއްތަ ދުވަހުގެ 10:00 ގެ ކުރިން، އުލިގަމު ސްކޫލް އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް  [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (PDF) ފޯމެޓުގައި ފޮނުވާ ފޯމްތައް އެކަނި ކަމުގައި ދެންނެވީމެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާ އާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމާއި، މަސައްކަތުގެ ތަޖުރިބާ އާއި އެސެސްމަންޓްގެ ނަތީޖާއަށް ބަލައި، އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އެސެސްމަންޓް އަދި އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އެސެސްމަންޓް / ޕްރެޒެންޓޭޝަން އޮންނާނީ، ‏2024‏ ޖުލައި‏ 31 އިން ‏2024‏ އޮގަސްޓް‏ 11 އާ ދެމެދު، އުލިގަމު ސްކޫލް ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6500548 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.  

21 ޖުލައި 2024