ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)322/322/2024/102
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:51
މާޅޮސްމަޑުލު ދެކުނުބުރީ ހިތާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖުލައި މަހު ރައްޔިތުންނާ ބައްދަލުކުރުން

ރައްޔިތުންނާ ބައްދަލުކުރުން

 

         ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، މިއަހަރުގެ ޖުލައި މަހު ބާއްވާ ރައްޔިތުންނާ ބައްދަލުކުރާ ޖަލްސާ، 27 ޖުލައި 2024 ވާ ހޮނިހިރު ދުވަހުގެ 20:45 ގައި ބ.ހިތާދޫ ސްކޫލްގައި ބާއްވާގޮތަށްވަނީ ހަމަޖެހިފައެވެ.

 

ޖަލްސާގެ އެޖެންޑާ :

 

  • 2024 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހު ކައުންސިލުން ހިންގި ހަރަކާތްތަކުގެ ތަފްޞީލު ރިޕޯޓް ހިއްސާކުރުން.
  • 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލު ހިއްސާކުރުން.
  • މިރަށުގައި ސްލިޕްވޭ އެޅުމާމެދު މަޝްވަރާކުރުން.
  • މާއްޑޫ ހުޅުދޫ ކައުންސިލަށް ހޯދުމާއި ގުޅޭގޮތުން މަޝްވަރާކުރުން.

 

 

          ވީމާ، މިބައްދަލުވުމުގައި ބައިވެރިވުމަށް އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތުއަރުވަމެވެ.

18 ޖުލައި 2024