ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HH/PSM/2015/04
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2015
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 31 މޭ 2015 15:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރެޒެންޓަރ ޕްރޮޑިއުސަރ

މަޤާމު: އެސިސްޓެންޓް ޕްރެޒެންޓަރ ޕްރޮޑިއުސަރ ގްރޭޑް 03

މުސާރަ:

މަހަކު -/5000 ރުފިޔާ

ސަރވިސް އެލަވަންސް:

މަހަކު -/3000

މަޤާމުގެ ރޭންކް:

TP 9

ބޭނުންވާ އަދަދު:

01

މަސައްކަތްކުރަންޖެހޭ ތަން:

ޕަބްލިކް ސަރވިސް މީޑިއާ

ޑިޕާޓްމަންޓް:

 

މަޤާމުގެ ޝަރުޠު:

ޖީ.ސީ.އީ އޯ ލެވެލް އިމްތިޙާނުގެ 2 މާއްދާއިން ފާސްވެފައިވުމާއި، މަޤާމާ ގުޅޭ ދާއިރާއިން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ރޭޑިއޯ ޕްރޮގްރާމްތަކުގެ ޕްރޮޕޯޒަލްތައް ތައްޔާރުކޮށް ކޮންޓެންޓް، ހަމަޖެހިފައިވާ އުސޫލުން ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހަޅައި ފާސްކޮށް، ޕްރޮގްރާމް އުފައްދައި، ހުށަހަޅާ ޕްރޮގްރާމްތަކަށް އަޑު އަޅައިދީ ޕްރޮގްރާމްތައް ޕްރޮމޯޓް ކުރުން.
  • ރޭޑިޔޯ ކޮންޓިނިއުޓީ ގަޑިފުރާ ޚަބަރު ކިޔުން.
  • ރޭޑިއޯއިން ވަގުތުން ދުރަށް ފޮނުވާ ރަސްމިއްޔާތުތަކާއި ޙަފުލާތަކުގެ ރަނިންގ ކޮމެންޓްރީ ދިނުން. (ވަގުތުން ދުރަށް ފޮނުވުން)
  • ހަމަޖެހިފައިވާ އުސޫލުން ކޯޕަރޭޝަންގެ ވެބްސައިޓާއި ސޯޝަލް މީޑިއާގައި ރޭޑިޔޯ ޕްރޮގްރާމްތައް ހިއްސާކުރުން.
  • ރޭޑިޔޯ ޕްރޮގްރާމްތައް އުފެއްދުމާ ގުޅޭގޮތުން ޚިޔާލާއި މަޝްވަރާދީ، ތަނުގެ އުފެއްދުންތަކުގެ ފެންވަރު ރަނގަޅުކުރުމަށް މަސައްކަތް ކުރުން.
  • ހޭލުންތެރިކުރުވުމުގެ ސްޕޮޓް، ރޭޑިޔޯޑްރާމާ އަދި މިނޫންވެސް މިފަދަ ތަކެތި އުފެއްދުން.
  • އުފައްދާ ޕްރޮގްރާމުތަކުގެ ރެކޯޑު ބެލެހެއްޓުން.
  • މީގެ އިތުރުން ވަޒީފާގެ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

އިތުރުގަޑި:

އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

މި މަޤާމުތަކަށް މީހުން ހޮވުމާބެހޭ އިތުރު މަޢުލޫމާތު

މި މަޤާމަށް މީހުން ހަމަޖެއްސުމުގައި، މިދާއިރާއިން ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތަކަށާއި، މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭކަމުގެ ސިޓީއާއި، ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް. (މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ފެންވަރު ބަލައި، ސެޓުފިކެޓެއްނަމަ ތައްގަނޑު ޖަހާފައިވާ ލިޔުމުގެ ކޮޕީ)
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމުގެ ގޮތުން މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު.
  • ވަޒީފާއަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  • މަތީގައިވާ މަޤާމަށް އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތަށެވެ.

ސުންގަޑި

 

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 2015 މޭ 31 ވަނަ ދުވަހުގެ 15:00 ގެ ކުރިން މި ކުންފުންޏަށް (ޕަބްލިކް ސަރވިސް މީޑިއާ/ ރޭޑިޔޯ ބިލްޑިންގ، މ. އަމީނީމަގު) ވަޒީފާއަށް އެދޭ ލިޔުންތައް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000210 އާ ގުޅުއްވުން އެދެމެވެ.

25 ރަޖަބު 1436

14 މޭ 2015