ދެންނެވުން
ނަންބަރު: (IUL)369-PS/369/2024/32
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 10:58
މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ޖުލައި މަހުގެ ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަމްބަރ (7/2010) ގެ 107 ވަނަ މާއްދާގައި ބަޔާން ކުރާ ޖުލައި މަހުގެ ރައްޔިތުންގެ ބައްދަލުވުން، 25 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ ރޭގަނޑު 8:30 ގައި، މ.މަޑުއްވަރީ ކައުންސިލް އިދާރާގެ ދަސްވަނި މާލަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.
- 2025ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓާއި މަސައްކަތު ތާވަލު ހިއްސާ ކުރުން
- ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުމާއި ، މަޢުލޫމާތު ހިއްސާކުރުން
2025 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓާއި މަސައްކަތު ތާވަލު މި އިޢުލާނާއެކު ދިވެހިސަރުކާރުގެ ގެޒެޓުގައި އާއްމު ކޮށްފައި ވާނެއެވެ.
ވީމާ، މިބައްދަލުވުމަށް މ.މަޑުއްވަރީގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.
18 ޖުލައި 2024