ތަމްރީނު
ނަންބަރު: MNU-CA-RG/2015/278
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2015
ޕަބްލިޝްކުރި ގަޑި: 16:15
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޑިޕްލޮމާ އިން ޢަރަބިކް ލޭންގްވިޖް

ތިރީގައި މިވަނީ މިޔުނިވަރސިޓީގައި ޖޫން 2015 ގައި ފެށުމަށް ހަމަޖެހިފައިވާ ކޯހެއްގެ މަޢުލޫމާތެވެ. މި ކޯހަށް ފޯމު ބަލައިގަންނަން ފަށްޓާނީ 1 ޖޫން 2015 ވާ ހޯމަ ދުވަހުން ފެށިގެންނެވެ. ކޯހަށް އެދޭ ފޯމު ޔުނިވަރސިޓީގެ ދަރިވަރުންގެ ޚިދްމަތްތަކާބެހޭ ބައިންނާއި ޔުނިވަރސިޓީގެ ވެބްސައިޓް www.mnu.edu.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު 3345155 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް

ޑިޕްލޮމާ އިން ޢަރަބިކް ލޭންގްވިޖް

މުއްދަތު: 2 އަހަރު (4 ސިމެސްޓަރ)  

ޖާގަ: 30

ކޯސް ހިންގާ ކެމްޕަހާއި ކޯސް ހިންގާނެ ގޮތް: ގދ.ތިނަދޫ، ފުލްޓައިމް

ކޯހަށް ވަނުމަށް ބޭނުންވާ އެންމެ ދަށް މިންގަނޑު:

ހ. ޖީ.ސީ.އީ އޯލެވެލް އިމްތިޙާނުތަކުން 3 މާއްދާއިން ފާސްވެފައިވުން ނުވަތަ އެފެންވަރުގެ ފާހެއް އޮތުން. ނުވަތަ

ށ. ޝަހާދާ ޘާނަވިއްޔާގެ ފުރަތަމަ އަހަރު ފުރިހަމަކޮށްފައިވުން. ނުވަތަ

ނ. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސެޓުފިކެޓް ލެވެލް 3 ގެ ފާހެއް އޮތުން. ނުވަތަ

ރ. ގްރޭޑް 07 ނިންމާފައިވުމާއެކު 18 އަހަރު ފުރި 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

02 ޝަޢުބާން 1436

20 މޭ 2015