ބީލަން
ނަންބަރު: (IUL)468-APS/468/2024/183
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 01 އޮގަސްޓް 2024 11:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޑިޒައިން، އާބަން ޕްލޭނިންގް އަދި މުނިސިޕަލް ގަވަރނެންސް މަސައްކަތް 01 އަހަރު ދުވަހަށް ކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި އިޢުލާންވަނީ 21 ޖުލައި 2024 13:18 ގައި ބާތިލް ކުރެވިފައެވެ.


  1. ޑިޒައިން، އާބަން ޕްލޭނިންގް އަދި މުނިސިޕަލް ގަވަރނެންސް މަސައްކަތް 01 އަހަރު ދުވަހަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު(IUL)468-APS/468/2024/3 އިޢުލާން އަށް ހުށަހަޅާފައިވާ ބިޑް ތަކުގެ ލިޔެކިއުންތައް ފުރިހަމަނުވާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން އިޢުލާން ކުރަމެވެ. ވީމާ ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ.

 

  1. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 25 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 އަށް މި އިދާރާގެ މެއިލް އެޑްރެހަށް، (([email protected] އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލްކޮށްދެއްވުން އެދެމެވެ.

 

  1. ބީލަމާއި ގުޅޭ މައުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ  28 ޖުލައި 2024 ވާ އާދީއްތަ ދުވަހުގެ 11:00 ގައި ކައުންސިލް އިދާރާގެ މީޓިންގް ރޫމްގައެވެ. އޮންލައިންކޮށް ބައިވެރިވެ ވަޑައިގަންނަވަން ބޭނުންފުޅުވާ ފަރާތްތަކުން [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ.

 

  1. މި ބީލަމާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 29 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ. މި މެއިލްއަށް ފޮނުވޭ ސުވާލުތަކުގެ ޖަވާބު 29 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެފަރާތްތަކުގެ މެއިލްއަށް ފޮނުވޭނެއެވެ.

 

  1. ބީލަންތައް ބަލައިގަތުމާއި، ބީލަން ހުޅުވުން އޮންނާނީ 01 އޮގަސްޓް 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ އަތޮޅުގެ މީޓިންގ ރޫމް އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީ ގައެވެ.
18 ޖުލައި 2024