ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)248-ESMSED/248/2024/76
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 21:57
ސުންގަޑި: 08 އޮގަސްޓް 2024 13:00
ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް 2024 ގައި ބައިވެރިވުމަށް ހުޅުވާލުން

މި ކައުންސިލުން ބޭއްވުމަށް ނިންމާފައިވާ "އިހަވަންދޫ ކައުންސިލް ކަޕް ފުޓުބޯޅަ މުބާރާތް 2024" 2024 ސެޕްޓެމްބަރ 7 ވަނަ ދުވަހު ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. މި މުބާރާތަކީ ރަށުގެ ޒުވާނުންނަށް ޚާއްޞަކުރެވިގެން ބާއްވާ މުބާރާތެއް ކަމަށްވާތީ، މި މުބާރާތުގައި ބައިވެރިވެވޭނީ ހަމައެކަނި އިހަވަންދޫ އަށް ނިސްބަތްވާ ޓީމުތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

މި މުބާރާތުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ޓީމުތަކުން 2024 އޯގަސްޓް 8 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމު ފުރިހަމަކުރުން އެދެމެވެ. ފޯމް ބަލައިގަނެވޭނީ މުބާރާތުގައި ބައިވެރިވުމަށް ދައްކަންޖެހޭ ފީ ދެއްކުމުންނެވެ. އަދި ދެންނެވިފައިވާ ތާރީޚަށްވުރެ ފަހުން ހުށަހަޅާ އެއްވެސް ފޯމެއް ބަލައި ނުގަނެވޭނެ ވާހަކަވެސް މިފުރުޞަތުގައި ދަންނަވަމެވެ. ވީމާ، މުބާރާތުގެ ޤަވާއިދާއި ޓީމު ލިސްޓު ހުށަހަޅާ ފޯމު މި އިއުލާނާއެކު އާންމުކޮށް އިޢުލާންކުރީމެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމުގެ ލިންކު ތިރީގައި އެވަނީއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް: https://forms.office.com/r/TTAjRuHZR2?origin=lprLink

 

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާން ކުރީމެވެ.

18 ޖުލައި 2024