ވަޒީފާގެ ފުރުޞަތު
ނަންބަރު: 216-MPAO-HR/IUL/2024/36
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 21:49
ސުންގަޑި: 29 ޖުލައި 2024 15:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
ގްރެޖުއޭޓް ޓްރެއިނީންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު

 

ގްރެޖުއޭޓް ޓްރެއިނީން ހޯދުމަށް މިއޮފީހުން ކޮށްފައިވާ ނަންބަރު: 216MPAO-HR/IUL/2024/35  (4 ޖުލައި 2024) އިއުލާނާއި، ނަންބަރު: 216MPAO-HR/IUL/2024/33 (25 ޖޫން 2024) އިއުލާނާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، ގްރެޖުއޭޓް ޓްރެއިނީންގެ ގޮތުގައި މަސައްކަތް ކުރުމުގެ ފުރުޞަތު އަލުން ހުޅުވާލަމެވެ.

ދާއިރާ: ޕަބްލިކް ރިލޭޝަންސް

ޑިޕާޓްމަންޓް: ޕަބްލިކް ރިލޭޝަންސް

ބޭނުންވާ ޢަދަދު: 1

 

ދާއިރާ: އެކްޗޫރިއަލް ސައިންސް

ޑިޕާޓްމަންޓްއިންވެސްޓްމަންޓް އެންޑް އެޑްވައިޒަރީ ސަރވިސަސް

ބޭނުންވާ ޢަދަދު: 1

 
މުއްދަތު: 1 އަހަރު 

މަސައްކަތްކުރަންޖެހޭ ތަން: މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް (ޕެންޝަން އޮފީސް)

ރަސްމީ މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:00 ގެ ނިޔަލަށް (އާދީއްތަ - ބުރާސްފަތި)

 

ޝަރުޠު:

ގްރެޖުއޭޓް ޓްރެއިނީ (ޕަބްލިކް ރިލޭޝަންސް)

  • ޕަބްލިކް ރިލޭޝަންސް، ކޮމިއުނިކޭޝަންސް ނުވަތަ މަސައްކަތާ ގުޅޭ ރޮނގަކުން ބެޗެލަރސް ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7) ހާޞިލްކޮށްފައިވުން.

 

ގްރެޖުއޭޓް ޓްރެއިނީ (އެކްޗޫރިއަލް ސައިންސް)

  • އެކްޗޫރިއަލް ސައިންސްގެ ދާއިރާއިން ބެޗެލަރސް ޑިގްރީއެއް (ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7) ހާޞިލްކޮށްފައިވުން.

 

މުސާރަ:

މުސާރައިގެ ގޮތުގައި 12,000.00ރ - 14,000.00ރ އާ ދެމެދުގެ ޢަދަދެއް ދެވޭނެއެވެ. 


މަސްއޫލިއްޔަތުތައް:

ގްރެޖުއޭޓް ޓްރެއިނީންގެ މަސްއޫލިއްޔަތުތައް މި އިޢުލާނާއެކު ހިމަނާފައިވާ ޓަރމްސް އޮފް ރެފަރެންސް (ޓީ.އޯ.އާރު) ތަކުގައި ބަޔާންކޮށްފައި ވާނެއެވެ. އަދި ޓީ.އޯ.އާރުތައް މި އޮފީހުގެ ވެބްސައިޓް www.pension.gov.mv ގައި އިޢުލާނާއެކު ޝާއިޢުކޮށްފައިވާނެއެވެ.

އެޕްލިކޭޝަން ހުށަހަޅާނެ ގޮތް:

ގްރެޖުއޭޓް ޓްރެއިނީންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅަންވާނީ މި އޮފީހުގެ ޕެންޝަން ޕޯޓަލް  މެދުވެރިކޮށެވެ. ޕެންޝަން ޕޯޓަލްގެ ލިންކު: jobs.pension.gov.mv

 

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓްކޮށް، އަސްލާ އެއްގޮތްކަމުގެ ތައްގަނޑު ޖަހާފައިވާ ތަޢުލީމީ ސަނަދުތަކާއި ޓްރާސްކްރިޕްޓްތަކުގެ ކޮޕީ .

  • ވަނަވަރު (ސީވީ).

  • މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ.

  • ޕޮލިސް ރިޕޯޓު (މުއްދަތު ހަމަނުވާ)

 

ނޯޓު:

  • އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަން ބާޠިލްކުރުމުގެ އިޚްތިޔާރު މި އޮފީހަށް ލިބިގެންވެއެވެ.

  • އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

 

ސުންގަޑި:

ގްރެޖުއޭޓް ޓްރެއިނީއެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 29 ޖުލައި 2024 ވާ ހޯމަ ދުވަހުގެ 15:00 ގެ ކުރިން މިއޮފީހުގެ ޕެންޝަން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުން އެދެމެވެ.

 

18 ޖުލައި 2024