ވަޒީފާގެ ފުރުޞަތު
ނަންބަރު: I/IUL/2024/140
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 15:32
ސުންގަޑި: 23 ޖުލައި 2024 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ

ވަޒީފާގެ ފުރުޞަތު

ވަޒީފާގެ ދާއިރާ:

ކޯޕަރޭޓް އެފެއަރޒް ޑިޕާޓްމަންޓް

މަޤާމް:

އެސިސްޓެންޓް މެނޭޖަރ

ބޭނުންވާ ޢަދަދު:

01

މުސާރަ:

-/9,000ރ އާއި -/20,000ރ ދެމެދު (އަސާސީ މުސާރަ އަދި އެހެނިހެން އެލަވަންސް ހިމެނޭނެހެން)

ފެންވަރު ނުވަތަ ޝަރުޠު:

  • މަސައްކަތާއި ގުޅޭ ދާއިރާއިން ބެޗްލަރސް ޑިގްރީ ލެވެލް ސެޓްފިކެޓެއް ނުވަތަ ޑިޕްލޮމާ  ހާސިލްކޮށްފައިވުމާއި އެކު މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 10 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނުވަތަ؛

  • މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން މަދުވެގެން 12 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ދާއިރާގެ މައިގަޑު މަސައްކަތް:

  • މަސައްކަތުގެ މާޙައުލުގައި، މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަން އެންމެ އެކަށީގެންވާ މިންވަރަށް ކަށަވަރުކޮށްދިނުން
  • މަސައްކަތްކުރާ ތަނުގައި ކުރާ ފަރާތުގެ އެއްވެސް ކަމަކާ ގުޅިގެން އެއްވެސް އަސަރެއްކޮށްފާނެ، ވަޒީފާދޭ ފަރާތުގެ މުވައްޒަފުން ނޫން އެހެން ފަރާތްތަކެއްވާނަމަ، އެ ފަރާތްތަކުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަން އެންމެ އެކަށީގެންވާ މިންވަރަށް ކަށަވަރުކޮށްދިނުން
  • މަސައްކަތްކުރާ ފަރާތްތަކުގެ ސަލާމަތާއި ޞިއްޙީ ރައްކާތެރިކަމަށްޓަކައި ބޭނުންކުރަންޖެހޭ ސަލާމަތީ ވަސީލަތްތަކާއި ހެދުމާއި އެނޫންވެސް ތަކެތި ހިމެނޭގޮތުން، މަސައްކަތްކުރުމަށް ބޭނުންވާނެ އެކަށީގެންވާ ވަސީލަތްތަކާއި އިންތިޒާމުތައް، މަސައްކަތްކުރާ ތަނުގައި ފޯރުކޮށްދީ އެ ކަންކަން ދެމެހެއްޓުން
  • މަސައްކަތުގެ މާޙައުލުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މަސައްކަތްކުރުމަށް ބޭނުންވާނެ އެކަށީގެންވާ އިރުޝާދާއި، މަޢުލޫމާތާއި، ތަމްރީނު އަދި ސުޕަރވިޜަން ގަވާއިދުން ފޯރުކޮށްދެވޭކަން ކަށަވަރުކުރުން
  • މަސައްކަތްކުރާ ތަނުގައި ކަނޑައަޅަންޖެހޭ ހެލްތް އެންޑް ސޭފްޓީ ޕޮލިސީ ކަނޑައަޅައި، އެ ޕޮލިސީ ތަންފީޛްކުރުމާއި، ގަވާއިދުން މުރާޖަޢާކުރުމާއި، އެ ޕޮލިސީއަށް ގެނެވޭ ބަދަލުތައް މަސައްކަތްކުރާ މުވައްޒަފުންގެ ސަމާލުކަމަށް ގެނައުން
  • މަސައްކަތްކުރާ ފަރާތްތަކުން ބޭނުންކުރާ މެޝިނަރީއާއި، އިކުއިޕްމަންޓާއި، ޕްލާންޓުތަކާއި، އެހެނިހެން އާލާތްތަކާ ގުޅެގޮތުން އަދި އެ ތަކެތި ބޭނުންކޮށްގެން މަސައްކަތްކުރާ ގޮތާ ގުޅޭގޮތުން އެކަށީގެންވާ ސަލާމަތީ ފިޔަވަޅުތައް އެޅިފައިވާކަން ކަށަވަރުކުރުމާއެކު، އެ ތަކެއްޗާގުޅޭ ސަލާމަތީ ފިޔަވަޅުތަކުގެ މަޢުލޫމާތު މަސައްކަތްކުރާ ފަރާތްތަކަށް ގަވާއިދުން ފޯރުކޮށްދިނުން
  • މަސައްކަތުގައި ބޭނުންކުރާ އެއްވެސް އެއްޗެއް ބަދަލުކުރުމުގެ ސަބަބުން ނުވަތަ އަލުން ތަރުތީބުކުރުމުގެ ސަބަބުން ނުވަތަ އުކާލުމުގެ ސަބަބުން ނުވަތަ ޕްރޮސެސް ކުރުމުގެ ސަބަބުން ނުވަތަ ގުދަންކުރުމުގެ ސަބަބުން ނުވަތަ އެއް ތަނުން އަނެއް ތަނަށް ގެންދިއުމުގެ ސަބަބުން، ނުވަތަ އެފަދަ އެއްޗެއް މަސައްކަތުގައި ބޭނުންކުރުމުގެ ސަބަބުން، މަސަތްކަތްކުރާ ތަނުގައި އަދި މަސައްކަތްކުރާ ތަނުގެ ކައިރީގައި އަދި ވަޒީފާދޭ ފަރާތުގެ ކޮންޓްރޯލުގެ ދަށުގައިވާ ތަންތަނުގައި، މަސައްކަތްކުރާ ފަރާތްތަކަށް އެއްވެސް ބާވަތެއްގެ ނުރައްކާތެރި މާއްދާއެއްގެ އަސަރު ނުކުރާކަން ކަށަވަރުކުރުން

ވަޒީފާއަށް ހުށަހެޅުމުގެ މުއްދަތުހަމަވާ ތާރީޚް:

23 ޖުލައި 2024 ވަނަ ދުވަހުގެ 15:00 ގެ ކުރިން

ސުންގަޑި:

މި މަޤާމްތަކަށް އެދޭ ފަރާތްތަކުން، ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު، ތިރީގައިވާ ލިޔުންތަކާއެކު، [email protected] އަށް 23 ޖުލައި ވަނަ ދުވަހުގެ 15:00 ގެ ކުރިން މެއިލްކޮށްދެއްވުން އެދެމެވެ.

އިންޓަވިއު:

އިންޓަވިއުކުރެވޭނީ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކާއެވެ.

ހުށަހަޅަން ޖެހޭ ލިޔުން:

  1. ވަޒީފާ އަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު މިކުންފުނީގެ އިންފޮމޭޝަން ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މިކުންފުނީގެwww.stelco.com.mv  ގެ ވެބްސައިޓުން މި ފޯމު ޑައުންލޯޑުވެސް ކުރެވޭނެއެވެ.)
  2. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  3. އެހެން ތަނެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އެތަނެއްގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ލިޔުން
  4. ދިވެހި ރައްޔިތެއްކަން އަންގާދޭ ކާޑުގެ ކޮޕީ

އިތުރު މަޢުލޫމާތު:

  • މިވަޒީފާތަކަށް ހޮވޭ ފަރާތްތަކަށް އަސާސީ މުސާރައިގެ އިތުރުން ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ އާއި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް ދެވޭ އެލަވަންސް ދެވޭނެއެވެ.
  • މިވަޒީފާއަކީ 06 މަސް ދުވަހުގެ ކޮންޓްރެކްޓަށް ނެގޭ ވަޒީފާއެކެވެ. އަދި 06 މަސް ހަމަވުމުން މަސައްކަތުގެ ފެންވަރަށް ބަލައި ރަނގަޅުނަމަ ވަޒީފާ ދާއިމީ ކުރެވޭނެއެވެ.
  • ވަޒީފާއަށް ހޮވުމުގައި ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރަށާއި މަސައްކަތުގެ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
  • މިމަޤާމް އަށް ޝަރުތު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، ވަޒީފާއަށް އެދިފައިވާ ފަރާތްތަކުގެ ތެރެއިން، އެފަރާތްތައް ހުށަހަޅާފައިވާ ލިޔެކިއުންތަކާއި، ތަޖުރިބާ އަދި އިންޓަވިއުއަށް ބެލުމަށްފަހު، އެންމެ އެކަށީގެންވާ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތު ހަމަޖެއްސުމުގެ އިޚްތިޔާރު މިކުންފުންޏަށް ލިބިގެންވެއެވެ.

12 މުޙައްރަމް 1446

18 ޖުލައި 2024

18 ޖުލައި 2024