ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)309-CBF/309/2024/86
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 15:13
ސުންގަޑި: 30 ޖުލައި 2024 14:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިނގުރައިދޫ ކައުންސިލްގެ ޤުރްއާން މުބާރާތް 2024 އާއިގުޅޭ

    ރައްޔިތުންގެ މެދުގައި މާތްވި އިސްލާމްދީނަށް ލޯބިޖައްސާ ކީރިތި ޤުރްއާން

ކިޔެވުމުގެ ފަންނު ދިރުވާ އާލާ ކުރުމުގެ ރޫޙު އިތުރުކުރުމުގެ ގޮތުން އެކަމަށް ޝައުޤުވެރިކަންހުރި

ފަރާތްތަކަށް އެ ފުރުޞަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން މިހިނގާ 2024 ވަނައަހަރުގެ އޮގަސްޓު މަހުގެ

08 ން 10 ށް ހުރިހާ އުމުރު ފުރާއަކަށް ހުޅުވާލައިގެން ކައުންސިލުން ޤުރްއާން މުބާރާތެއް ބޭއްވުމަށްވަނީ

ނިންމާފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ތިރީގައިވާ ލިންކު މެދުވެރިކޮށް ފުރުއްވުން އެދެމެވެ.

ލިޔުމުން ހުށަހަޅާ ފޯމްތަށް ބަލައިގަތުން އޮންނާނީ 18 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން

30 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 13:30 އަށެވެ.

ފޯމް އީމެއިލް ކުރަން ބޭނުންވާ ފަރާތްތަކުން މެއިލް ކުރާނީ[email protected]  އަށެވެ. މުބާރާތާއި ގުޅޭ

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6580028 އާއި ގުޅުއްވައިގެން

މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މުބާރާތުގެ ޤަވާއިދު މި އިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައި އެވަނީއެވެ.

 ފޯމް ލިންކު: https://forms.gle/Jozajzm6xP4x7GTA       

ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.                            

  12 މުޙައްރަމް 1446

17 ޖުލައި 2024