ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)350-SA/350/2024/42
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 15:07
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

         ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު  ނަމްބަރ (7/2010) ގެ 107 ވަނަ މާއްދާގައި ބަޔާން ކުރާ ޖުލައި މަހުގެ ރައްޔިތުންގެ ބައްދަލުވުން، 27 ޖުލައި 2024 ވާ ހޮނިހިރު ދުވަހުގެ ރޭ 21:00 ގައި، އދ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ހޯލުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ބައްދަލުވުމުގެ އެޖެންޑާ ތިރީގައި އެވަނީއެވެ.

  • 2024 ވަނަ އަހަރުގެ ފުރަތަމަ 6 މަސްދުވަހުގެ ރިޕޯޓު ހުށަހެޅުން
  • 2025 އަހަރަށް ލަފާ ކުރާ ބަޖެޓާއި މަސައްކަތު ތާވަލު ހިއްސާ ކުރުން
  • ރައްޔިތުން ކުރާ ސުވާލުތަކަށް ޖަވާބު ދިނުން

2025 ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓާއި މަސައްކަތު ތާވަލު ދިވެހިސަރުކާރުގެ ގެޒެޓުގައި އާއްމު ކޮށްފައި ވާނެއެވެ.

ވީމާ، މިބައްދަލުވުމަށް މަހިބަދޫ ގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ.

18 ޖުލައި 2024