ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)412/412/2024/46
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:15
ސުންގަޑި: 30 ޖުލައި 2024 14:00
ހުވަދުއަތޮޅު އުތުރުބުރީ ކޮނޑޭ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިފަރާތް ހޯދުން

ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރި ފަރާތް ހޯދުން:

ކޮނޑޭ އިރު އުތުރުން ކޮނޑޭ ސްކޫލް ހިމެނޭ ސަރަޙައްދުން ދިރިއުޅުމަށްޓަކައި 72 ބަންޑާރަ ގޯތި ދޫކޮށް، ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދުގައި ހިމެނޭ މަގުތައް ހެދުމަށް ހަމަޖެހިފައިވާތީ އެސަރަޙައްދުގައި ހުރި ރުއްގަހުގެ ވެރި ފަރާތްތައް ހޯދަން ބޭނުންވެއެވެ. 

ވިމާ، ކޮނޑޭ އިރު އުތުރުން ކޮނޑޭ ސްކޫލް ހިމެނޭ ސަރަޙައްދުން ގޯތި ދޫކުރުމަށް 1 އިން 72 އަށް ނަންބަރު ޖަހާފައިވާ ގޯތިތަކާއި، ގޯތިތަށް ހިމެނޭ ސަރަޙައްދުގެ މަގުތަކުގައި އެއްވެސް ފަރާތަކުން އިންދާ ހައްދާފައިވާ ރުއްގަސް ހުރިނަމަ 30 ޖުލައި 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން  ޝަރީއަތުން މިލްކްވެރިކަން ސާބިތު ކޮށްފައިވާ ކަމުގެ ލިޔުން ނުވަތަ ރުއްގަސް ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުމަކާއެކު ސިޓީ ހުށަހެޅުއްވުން އެދެމެވެ.

މިއިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފް ކުރެއްވުމަށް ރަސްމީ ގަޑީގައި 6820019 އަށް ގުޅުއްވުން އެދެމެވެ.

ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ސަރަޙައްދު އެނގޭނެ ޗާޓް މި އިޢުލާނާއެކު އެއްއުރަ ކުރެވިފައި ވާނެއެވެ.

18 ޖުލައި 2024