ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)325-A/325/2024/44
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:00
ސުންގަޑި: 25 ޖުލައި 2024 10:00
މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންނާއި ބައްދަލުކުރުން

ރައްޔިތުންނާއި ބައްދަލުކުރުން.

ޤާނޫނު ނަމްބަރ: 2010/7 ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫން ގެ 107 ވަނަ މާއްދާގައި ވާ ގޮތުގެ މަތިން ޖުލައި މަހު ބާއްވާ ޢާންމު ބައްދަލުވުން 25 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި ޕްރީ ސްކޫލްގެ އީ ސެންޓަރ ހޯލްގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި 2025ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ހަމަސްދުވަހުގެ ރިޕޯޓް ރައްޔިތުންނާއި ޙިއްސާކުރެވޭނެއެވެ. އަދި މި ރިޕޯޓްތައް ބައްލަވަން ބޭނުންފުޅުވާ ފަރާތްތަކަށް އެ ފުރުޞަތު ކައުންސިލް އިދާރާގައި ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

ވީމާ މި ބައްދަލުވުމަށް އެންމެހައި ބޭފުޅުންނަށް ދަޢުވަތު އަރުވާ މިކަން ޢާންމުކޮށް އެންގުމަށް އިއުލާނު ކުރީމެވެ.

18 ޖުލައި 2024