ޢާންމު މަޢުލޫމާތު
ނަންބަރު:
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:27
ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

       ދިވެހިރާއްޖޭގެ އިދާރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު 2010/7 110 ވަނަ މާއްދާގައި ރަށު ކައުންސިލްތަކުން ކޮންމެ އަހަރަކު ފެބުރުއަރީ އަދި ޖުލައި މަހު ރައްޔިތުންނަށް އާންމުކޮށް ހުޅުވާލައިގެން ބައްދަލުވުން ބާއްވަން ވަނީ ކަނޑައަޅާފައެވެ. 

       ވީމާ، މި ކައުންސިލްގެ ފަރާތުން ރައްޔިތުންނާއި ބައްދަލުކުރުން 27 ޖުލައި 2024 ވާ ހޮނިހިރު ދުވަހުގެ ރޭ 21:00 ގައި ދަރިވަރުންގެ ހިޔާގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

       މި ބައްދަލުވުމުގެ އެޖެންޑާ ތިރީގައި ދަންނަވާފައި އެވަނީއެވެ.

- 2024 ވަނަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ރިޕޯޓް ހުށަހެޅުން.

- 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލާއި ބަޖެޓް ހުށަހެޅުން.

-  ރައްޔިތުންގެ ސުވާލަށް ޖަވާބު ދިނުން.

       ވީމާ، މި ބައްދަލުވުމުގައި ވީހާވެސް ގިނަ ބޭފުޅުން ބައިވެރިވެވަޑައިގެން ދެއްވުމަކީ މި ކައުންސިލްގެ ވަރަށް ބޮޑު އެދުމެކެވެ.

       18 ޖުލައި 2024

18 ޖުލައި 2024