ޢާންމު މަޢުލޫމާތު
ނަންބަރު: D10C-A/2024/02
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:25
ސުންގަޑި: 25 ޖުލައި 2024 13:00
މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އަގު ކޮމެޓީއަށް މެމްބަރުން ހޯދުމަށް

މިލަދުންމަޑުލު ދެކުނުބުރީ މިލަދޫ މެޖިސްޓްރޭޓްކޯޓް

ނ.މިލަދޫ

ދިވެހިރާއްޖެ

                                            ނަންބަރު: D10C-A/2024/02

 

އިޢުލާން

 

       މިކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަންތަނާއި ތަކެތި އަގުކުރުމަށްޓަކައި މިކޯޓުގައި އަގުކޮމެޓީގެ ދަފްތަރެއް އެކުލަވާލުމަށް ބޭނުންވާތީ، 27 މެއި 2024 ގައި ކުރެވުނު މިކޯޓްގެ ނަންބަރު: D10C-A/2024/01 އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލާފައި ނުވާތީ އަލުން މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

މަޤާމް:

އަގުކޮމެޓީގެ މެމްބަރު

ދަފްތަރުގެ މުއްދަތު:

ކޮމިޓީ އެކުލަވާލާ ދުވަހުން ފެށިގެން 03 (ތިނެއް) އަހަރު

މަސައްކަތްކުރަންޖެހޭ ތަން:

މިކޮމެޓީގެ މެންބަރުންނާ މަސައްކަތް ޙަވާލުކުރާނީ ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓުން

(ނޯޓް: އެހެން ރަށެއްގެ ކޯޓަކަށްވެސް މިކޯޓުގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ އެހީތެރިކަމަށް އެދުމުގެ ފުރުސަތު އޮންނާނެ)

އުޖޫރަ އާއި ޢިނާޔަތްތައް:

މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/300ރ (ތިންސަތޭކަ ރުފިޔާ)

(ނޯޓް: އެހެން ރަށެއްގެ ކޯޓަކުން މިކޯޓުގެ ދަފްތަރުގައި ހިމެނޭ މެންބަރުގެ އެހީތެރިކަން ހޯދާނަމަ، މަސައްކަތް ކުރާ ކޮންމެ ދުވަހަކަށް -/300ރ (ތިންސަތޭކަ ރުފިޔާ) ދިނުމުގެ އިތުރަށް، ހުރުމާއި، ކެއުމާއި، ދަތުރުޚަރަދު އެ ކޯޓަކުން ހަމަޖައްސައިދޭނެ)

އަސާސީ ޝަރުޠު:

1-  ޢުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން

2-  ލިޔަން ކިޔަން ދަތުމާއެކު، މަސައްކަތަށް ބޭނުންވާ ތަމްރީނެއް/ ލައިސަންސެއް/ ހުއްދައެއް/ ސަނަދެއް ޙާސިލުކޮށްފައިވުން. ނުވަތަ

3-  ލިޔަންކިޔަން ދަތުމާއެކު، މަދުވެގެން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން

މައިގަނޑު މަސައްކަތް:

ކޯޓަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން އަގުކުރަންޖެހޭ ތަކެއްޗާއި ތަންތަން އަގުކުރުން

މަސައްކަތް ޙަވާލުކުރުން:

ކޯޓަށް ހުށަހެޅިފައި އޮތް މައްސަލައެއްގައި ތަނެއްގެ ނުވަތަ އެއްޗެއްގެ އަގުކުރަން ޖެހިއްޖެނަމަ، ޝަރުޢީ އަގުކޮމެޓީގެ ދަފްތަރުގައި ހިމެނޭ މެންބަރުންގެ ތެރެއިން މަދުވެގެން 03 (ތިނެއް) މެންބަރަކާ މަސައްކަތް ހަވާލުކުރެވޭނެ

ކޯޓަށް ހުށަހަޅަންޖެހޭ ތަކެތި:

1-  އަގުކޮމިޓީގެ މެމްބަރުކަމަށްއެދޭ ސިޓީ 

2-  އައި.ޑީ ކާޑުގެ ކޮޕީ

3-  މެމްބަރު ކަމަށް އެދޭ ފަރާތުގެ ވަނަވަރު

4-  ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އާއި މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

 

މި ކޯޓުގެ އީ-މެއިލަށް މެއިލް ކުރައްވާ ސިޓީ އަދި ލިޔެކިޔުންތަކުގެ ކޮޕީ

 އެއް ޕީ.ޑީ.އެފް (PDF) ފައިލެއްގެ ގޮތުގައި ފޮނުއްވުން އެދެމެވެ.

ސުންގަޑި:

25 ޖުލައި 2024  ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން

އިތުރު މަޢުލޫމާތު:

މިކޯޓުގެ ނަންބަރު 6560648 ފޯނަށް ގުޅުއްވުން އެދެން

 

އީމެއިލް: [email protected]

18 ޖުލައި 2024