ޢާންމު މަޢުލޫމާތު
ނަންބަރު: އިނގުރައިދޫ ކައުންސިލްގެ ޤުރްއާން މުބާރާތް 2024 އާއިގުޅޭ
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:22
ސުންގަޑި: 10 އޮގަސްޓް 2024 00:00
މާޅޮސްމަޑުލު އުތުރުބުރީ އިނގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިނގުރައިދޫ ކައުންސިލްގެ ޤުރްއާން މުބާރާތް 2024 އާއިގުޅޭ

މި އިޢުލާންވަނީ 18 ޖުލައި 2024 14:55 ގައި ބާތިލް ކުރެވިފައެވެ.


ރައްޔިތުންގެ މެދުގައި މާތްވި އިސްލާމްދީނަށް ލޯބިޖައްސާ ކީރިތި ޤުރްއާން ކިޔެވުމުގެ ފަންނު ދިރުވާ އާލާ ކުރުމުގެ ރޫޙު އިތުރުކުރުމުގެ ގޮތުން އެކަމަށް ޝައުޤުވެރިކަން ހުރި ފަރާތްތަކަށް އެ ފުރުޞަތު ތަނަވަސް ކޮށްދިނުމުގެ ގޮތުން މިހިނގާ 2024 ވަނައަހަރުގެ އޮގަސްޓު މަހުގެ 08 ން 10 ށް ހުރިހާ އުމުރު ފުރާއަކަށް ހުޅުވާލައިގެން ކައުންސިލުން ޤުރްއާން މުބާރާތެއް ބޭއްވުމަށްވަނީ ނިންމާފައެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ތިރީގައިވާ ލިންކު މެދުވެރިކޮށް ފުރުއްވުން އެދެމެވެ. ލިޔުމުން ހުށަހަޅާ ފޯމްތަށް ބަލައިގަތުން އޮންނާނީ 18 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުން ފެށިގެން 30 ޖުލައި 2024 ވާ އަންގާރަ ދުވަހުގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހެއްގެ 09:00 ން 13:30 އަށެވެ. ފޯމް އީމެއިލް ކުރަން ބޭނުންވާ ފަރާތްތަކުން މެއިލް ކުރާނީ[email protected]  އަށެވެ. މުބާރާތާއި ގުޅޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާ ފަރާތްތަކުން މި އިދާރާގެ ނަންބަރު 6580028 އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ. މުބާރާތުގެ ޤަވާއިދު މި އިޢުލާނާއިއެކު އެއްކަރުދާސްކުރެވިފައި އެވަނީއެވެ.

 

ފޯމް ލިންކު: https://forms.gle/Jozajzm6xP4x7GTA6

18 ޖުލައި 2024