މަޤާމް:
|
ކައުންސިލް އޮފިސަރ (ޓްރެއިނީ)
|
ބޭނުންވާ ޢަދަދު:
|
1
|
މަސައްކަތު ވަގުތު
|
- ރަސްމީދުވަސްދުވަހު 08:00 އިން 14:00 އަށް
- ޕްރޮގްރާމްގެ ބައިވެރިން ބޭނުންވާނަމަ، ނުރަސްމީގަޑީގައި ކުރާ މަސައްކަތްތަކުގައިވެސް ބައިވެރިވެވިދާނެއެވެ.
|
މަސައްކަތް ކުރަންޖެހޭ ތަން:
|
ފާދިއްޕޮޅު ނައިފަރު ކައުންސިލްގެ އިދާރާ
|
ޕްރޮގްރާމްގެ މުއްދަތު:
|
5 މަސް ދުވަސް
|
މުސާރަ:
|
-
|
އެލެވަންސް/ޕޮކެޓްމަނީ:
|
މަހަކަށް -/1500ރ ( ޙާޟިރު ނުވާ ދުވަހަކަށް -/20ރ އުނިކުރެވޭނެއެވެ. )
|
އެހެނިހެން އެލަވަންސް
|
-
|
މި ޕްރޮގްރާމްގެ ދަށުން ތަޖްރިބާ ހޯދައިދެވޭ ބައިތައް
|
( އޮފީހުގެ ސެކްޝަން/ޔުނިޓްތަކުގައި، ކަނޑައެޅޭ ތާވަލެއްގެ ދަށުން، ތަފާތު މަސައްކަތްތައް ތަޖުރިބާ ކުރަންޖެހޭނެއެވެ. އަދި ޕްރޮގްރާމް ނިމުމުންދެވޭ ތަޖްރިބާގެ ލިޔުމުގައި މިމުއްދަތުގައި ކުރަން ދަސްވި ކަންކަން ފާހަގަކޮށްދެވޭނެއެވެ. )
- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށްދެވޭ އިމްތިޙާނަށް ތައްޔާރުވުން.
- އޮފީހުގައި ހިންގޭ ކުރު ތަމްރީން ތަކުގައި ބައިވެރިވުން.
- އިންވެންޓަރީއާގުޅޭ މަސައްކަތްތަކާ، ނީލަމާބެހޭ މަސައްކަތްތަކުގައި ބައިވެރިވުން.
- ބްޖެޓް ޔުނިޓްގެ މަސައްކަތް ކުރުން.
- ޕްރޮކިޔޯމެންޓް މަސައްކަތްތަކާ ބިޑް ޕްރޮސެސްއާގުޅޭ މަސައްކަތްތަކުގައި ބައިވެރިވުން.
- އިޤްތިޞާދީ އަދި އިޖްތިމާޢީ ތަރައްޤީއަށް ކުލަބް ޖަމްޢިއްޔާތަކާއި ޖަމާޢަތްފަދަ ތަންތަނުން ހިންގާޕްރޮގްރާމްތަކާ ގުޅިގެން އޮފީހުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުން.
- ކައުންސިލް އިދާރާއިން ފޯރުކޮށްދޭ ރަށްވެހި ޚިދުމަތްތައް
- އޮފީހުގެ މަސައްކަތްތަކާ، އާމްދަނީއާ ޚަރަދުގެ ތަފާސްހިސާބު އެންޓަރކުރުމާ، ވެބްސައިޓްގައި ޢާންމުކުރުމާގުޅޭ މަސައްކަތްތަކުގައި އެހީތެރިވުން.
- އިންޓަރނަލް އޮޑިޓް އަދި މޮނިޓަރކުރުމަށް، މަޢުލޫމާތު އެއްކޮށް ރިޕޯރޓް އެކުލަވައިލުމުގައި އެހީތެރިކަންދިނުން.
- ތަރައްޤީގެ ޕްލޭންއާ މަސައްކަތުތާވަލު ޙާޞިލްވަމުންދާގޮތް މޮނިޓަރކުރުން.
- ހުށަހެޅޭ ސިޓީ، މެސެޖްފަދަ ތަކެތި ބަލައިގަތުމާއި، ޔުނިޓްގެ އެންޓްރީ ބެލެހެއްޓުން
- ލިޔަންޖެހޭ ސިޓީ، މެސެޖްފަދަ ތަކެތި ލިޔުން.
- ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
- ކުއްލި ކަންކަމާއި، ހުރިހައި ސްޓާފުން ޝާމިލްވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން.
- ކައުންސިލް އިދާރާގެ އެހެން ސެކްޝަނެއް/ޔުނިޓެއްގެ މަސައްކަތްތައް ޚާއްޞަ ޙާލަތެއްގައި ވަގުތީ ގޮތުން ޙަވާލުކުރެވިއްޖެނަމަ އެމަސައްކަތެއް ކުރުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ޖީސީއީ އޯލެވެލް 3 މާއްދާއިން ފާސްވެފައިވުން.
- އެސްއެސްސީ 1 މާއްދާއިން ފާސްވެފައި ވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ފުރިހަމަ ކުރައްވާފައިވާ އެޕްރެންޓިސްޝިޕް ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމު (މި ފޯމް މިއިދާރާގެ ވެބްސައިޓުންނާއި، ކައުންޓަރުން ލިބެންހުންނާނެއެވެ. )
- އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، ކާޑުގެކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީތައް. ( އެޓެސްޓް ކުރުންލާޒިމެއްނޫން )
- ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ. ( އެޓެސްޓް ކުރުންލާޒިމެއްނޫން )
|
ޕްރޮގްރާމަށް ފުރުޞަތުދިނުމުގައި ބެލޭނެ ކަންތައްތައް:
|
- ތަޢުލީމް (އޯ ލެވެލް)
|
40%
|
- ތަޢުލީމް (އިތުރު ތަޢުލީމީ ސެޓްފިކެޓް)
|
10%
|
- ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރީންތައް
|
10%
|
- އިންޓަރވިއު
|
40%
|
- ޖުމްލަ މާރކްސް
|
100%
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 24 ޖުލައި 2024 ގެ 14:00 ގެ ކުރިން، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ އަށެވެ. ޕްރޮގްރާމްގައި ބައިވެރިވުމަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ބަލައި ގަނެވޭނެއެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 25 ޖުލައި 2024 އާއި 31 ޖުލައި 2024 އާ ދެމެދު، ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ ގައެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މިޕްރޮގްރާމްއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކުގެ ޢަދަދު 04 އަކަށްވުރެ އިތުރުވާނަމަ އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭނީ، ތަޢުލީމީ ފެންވަރަށް ބަލައި އެންމެ މަތިން މާކްސް ލިބޭ 4 ފަރާތެކެވެ.
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620120 ނުވަތަ 6620117 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|