ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)333/333/2024/37
ޕަބްލިޝްކުރި ތާރީޚް: 18 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 09:41
ސުންގަޑި: 31 ޖުލައި 2024 14:00
މާލެއަތޮޅު ތުލުސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
14 ނަންބަރު ގުދަން ހުސްކުރުމާއި ގުޅޭ.

މިކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި 14 ނަންބަރު ގުދަނުގައި ހުރި މުދަލުގެ ވެރިފަރާތެއް ވާނަމަ މިއަދުން ފެށިގެން 14 ދުވަސް ތެރޭގައި އެތަނުގައި ހުރި މުދާ ނަންގަވައި ގުދަން ހުސްކުރުމަށް ދަންނަވަމެވެ. ދެންނެވިފައިވާ މުއްދަތުގައި ގުދަން ހުސްކޮށްފައިނުވާނަމަ މިކައުންސިލްގެ ފަރާތުން ގުދަން ހުސްކުރާނެ ކަމުގައިވެސް ދަންނަވަމެވެ. އަދި މިކައުންސިލްގެ ފަރާތުން ގުދަން ހުސްކުރުމުގެ ތެރޭގައި އެތަނުގައި ހުރި މުދަލަށް ލިބޭ ގެއްލުމެއްގެ ޒިންމާ މިކައުންސިލުން ނުނަގާނެ ކަމުގައިވެސް ދަންނަވަމެވެ.

މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

12 މުޙައްރަމް 1446

18 ޖުލައި 2024