މަސައްކަތް
ނަންބަރު: (IUL)356/356/2024/48
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 22:08
ސުންގަޑި: 19 ޖުލައި 2024 21:00
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
6 ކޮޓަރި ކުއްޔަށް ނެގުން

އަތޮޅުފެންވަރުގައި މިނިވަންދުވަސް ފާހަގަކުރުމުގެގޮތުން އަތޮޅުކައުންސިލުން އިންތިޒާމުކޮށްގެންބާއްވާ ފުޓުބޯޅަ މުބާރާތާއި، ދެޖިންސްގެ ވޮލީމުބާރާތުގެ އޮފިސަލުން ތިބުމަށްޓަކައި އެއް އިމާރާތަކުން 6 ކޮޓަރި ކުއްޔަށް ނަގަން މިކައުންސިލުން ބޭނުންވެއެވެ.

ވީމާ 2024 ޖުލައި 20 ވަނަދުވަހުން ފެށިގެން 2024 އޯގަސްޓް 06 ވަނަދުވަހުގެ ނިޔަލަށް، އެއް އިމާރާތުން 6 ކޮޓަރި ކުއްޔަށް ދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2024 ޖުލައި 19 ވަނަދުވަހުގެ 21:00 އަށް އދ. މާމިގިލީކައުންސިލަށް ދުރުވެ ކޯޓޭޝަނާއި، އިކޮނޮމިކްމިނިސްޓްރީގެ ވިޔަފާރި ރަޖިސްޓަރީ ހުށައެޅުއްވުން އެދެމެވެ. ހުށައަޅާ ކޯޓޭޝަންގައި ކޮޓަރި ކުއްޔަށް ދޭނޭ އަގާއި، ފޯނުނަންބަރު ހިމަނަންވާނެ އެވެ.

އަދި ދަންނަވަމެވެ. އދ. މާމިގިލީ ކުޅިވަރު އެކުއަނީ ކައިރީ ސަރަހައްދުތަކުގެ ގެތަކަށް އިސްކަންދެވޭނޭ ކަމުގައިވެސް މިފުރުސަތުގައި ދަންނަވަމެވެ. ކޯޓޭޝަން ހުށައެޅުމުގެ ފުރުޞަތު އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ. 

 

17 ޖުލައި 2024