ތަމްރީނު
ނަންބަރު: (IUL)30-TFSM/30/2024/98
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 19 ސެޕްޓެންބަރު 2024 12:00
މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހޯދަން އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

ޓްރާންސްފޯރމިންގ ފިޝަރީޒް މެނޭޖްމަންޓް އިން ސައުތު ވެސްޓް އިންޑިއަން އޯޝަން ރީޖަން އެންޑް މޯލްޑިވްސް ޕްރޮޖެކްޓްގެ ދަށުން

ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހޯދަން އެދި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުން

 

ދިވެހި ސަރުކާރާއި ވާރލްޑް ބޭންކް ގުޅިގެން ހިންގާ މަތީގައި ދަންނަވާފައިވާ ޕްރޮޖެކްޓުގެ ދަށުން ތިރީގައި ބަޔާންކުރެވިފައިވާ ކޯސްތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

 

ކޯހުގެ ލެވެލް:

ކޯހުގެ ދާއިރާތައް:

ޤައުމު:

ކޯހުގެ ޢަދަދު:

ބެޗްލަރސް ޑިގްރީ

ފިޝަރީޒް ސައިންސް

ނޮން.އޯ.އީ.ސީ.ޑީ. ޤައުމުތަކަށް

02

ބެޗްލަރސް ޑިގްރީ

ސްޓެޓިސްޓިކްސް

އިންޑިއާ

01

 

ސްކޮލަރޝިޕްގެ ޝަރުތު:

  • ޖީ.ސީ.އީ އޯލެވެލްގެ 05 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން  އަދި ޖީ.ސީ.އީ އޭލެވެލްގެ 03 މާއްދާއިން 'ސީ' އިން ފެށިގެން މަތީ ގްރޭޑެއް ޙާސިލުކޮށްފައިވުން 
  • IELTS އިން އޯވަރޯލް ސްކޯ 6.0 ނުވަތަ TOEFL ސްކޯ 550 އެއް ހާސިލުކުރައްވައިފައިވުން.

އެޕްލިކޭޝަން ފޯމާއި އެކު ހުށަހަޅަންޖެހޭ ތަކެތި:

  1. ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ. (އެޓެސްޓް ކުރަންޖެހޭ ލިޔުމެއް ނަމަ އެޓެސްޓް ކުރެވިފައިވާ ކޮޕީ)
  2. ފުލް ޓްރާންސްކްރިޕްޓްގެ ކޮޕީ (ގްރޭޑިންގ ކްރައިޓީރިއާ އެނގޭގޮތަށް).
  3. މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.  
  4. މިހާރު ހާސިލް ކޮށްފައިވާ އެންމެ މަތީ ސެޓްފިކެޓް ހާސިލް ކުރުމަށްފަހު ދިވެހިރާއްޖެއަށް ޚިދުމަތް ކޮށްފައިވާ މުއްދަތު އެނގޭނެ ރަސްމީ ލިޔުމެއް، ރަސްމީ ލިޔުމެއް ނުލިބިއްޖެނަމަ ސަބަބާއި މުއްދަތު އިނގޭނެ އަމިއްލަ ލިޔުމެއް.
  5. އެހެން ޙިދުމަތުގެ ބޮންޑެއް އޮތްނަމަ  ބޮންޑުކުރި ތަނަކުން ބޮންޑު އެއްކޮށް ރިލީޒްކުރާނެ ކަމުގެ ލިޔުން ހުށަހަޅަން ޖެހޭނެއެވެ.

ސްކޮލަރޝިޕުން ކުރެވޭނެ ހަރަދުތައް:

-  ކޯސް ފީ

-  ބުކް އެލަވަންސް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް އަހަރަކު އެއްފަހަރު)

-  އެސްޓަބްލިޝްމަންޓް އެލަވަންސް (އެއްފަހަރު)

-  ޑިޕާރޗަރ އެލަވަންސް (އެއްފަހަރު)

-  ސްޓައިޕަންޑް (ސްކޮލަރޝިޕްގައި ކިޔަވަމުންދާ މުއްދަތަށް)

އިތުރު މަޢުލޫމާތު:

-  ސްކޮލަރޝިޕް ލިބިއްޖެ ނަމަ ކޯސް ފުރިހަމަކުރުމަށްފަހު ސިވިލް ސަރވިސްގެ ޤަވާއިދުގައި ވާގޮތަށް، މި މިނިސްޓްރީގައި ޚިދުމަތް ކުރުމަށް ބޮންޑުކުރެވޭނެއެވެ. 

މި ކޯސްތަކަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން 19 ސެޕްޓެމްބަރު 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން މި މިނިސްޓްރީގެ ޕްރޮޖެކްޓް މެނޭޖްމެންޓް ޔުނިޓަށް، (ހ. ޕަލްމޭރާ، 3 ވަނަ ފަންގިފިލާ، ސޯސަން މަގު) ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަނާ އެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅުއްވާފައި ނުވާނަމަ އެޕްލިކޭޝަން ބާތިލުކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އާއި 14:00 ދެމެދު 3033484 ނަމްބަރު ފޯނަށް ގުޅުއްވުން އެދެމެވެ. 

11 މުޙައްރަމް 1446

17 ޖުލައި  2024

17 ޖުލައި 2024