މަސައްކަތް
ނަންބަރު: (IUL)356/356/2024/47
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 19 ޖުލައި 2024 12:00
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އދ.މާމިގިލީ ވޮލީ ކޯޓާއި ، ފުޓުބޯޅަދަނޑުގެ ސެކިޔުރިޓީ ބެލެހެއްޓުން

އަތޮޅުފެންވަރުގައި މިނިވަންދުވަސް ފާހަގަކުރުމުގެގޮތުން އަތޮޅުކައުންސިލުން އިންތިޒާމުކޮށްގެންބާއްވާ ފުޓުބޯޅަ މުބާރާތާއި ، ދެޖިންސްގެ ވޮލީމުބާރާތް ކުޅުމަށް އދ.މާމިގިލީ ކައުންސިލުން ނިންމާފައިވާ ފުޓުބޯޅަދަނޑާއި ، ވޮލީކޯޓްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއްހޯދަންބޭނުންވެއްޖެ އެވެ. ސެކިޔުރިޓީ ބަލަހައްޓަންޖެހޭނީ 2024 ޖުލައި 19 ވަނަދުވަހުން ފެށިގެން 2024 އޯގަސްޓް 01 ވަނަދުވަހުގެ ނިޔަލަށެވެ. ސެކިޔުރިޓީ ބެލެހެއްޓުމަށްޓަކައި ފުޓުބޯޅަ ދަނޑުގައި މަދުވެގެން 02 މީހުން އަދި ވޮލީކޯޓުގައި މަދުވެގެން އެކަކު ހުންނަންޖެހޭނެ އެވެ. ޑިޔުޓީ ކުރަންޖެހޭނީ ކޮންމެދުވަހަކުވެސް ރޭގަނޑު 8:00 ން ހެނދުނު 7:00 ށެވެ.

މަތީގައި ދެންނެވިފައިވާ ސެކިޔުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުން އޮންނާނީ 2024 ޖުލައި 18 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި އދ.މާމިގިލީ ކައުންސިލްގެ ޖަލްސާކުރާމާލަމުގަ އެވެ. އަދި މަޢުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިވެނުލައްވާ ފަރާތްތަކަށް ސިޓީ ހުށައެޅުމުގެ ފުރުޞަތު ލިބިވަޑައިނުގަންނަވާނެ ވާހަކަދަންނަވަމެވެ.  ވީމާ ،މަތީގައި ދެންނެވިފައިވާ ސެކިޔުރިޓީ ބެލެހެއްޓުމަށް ޝައުޤުވެރިވެ ލައްވާފަރާތްތަކުން 2024 ޖުލައި 19 ވަނަދުވަހުގެ 12:00 އަށް އދ.މާމިގިލީކައުންސިލަށް ސިޓީއާއި ، އިކޮނޮމިކްމިނިސްޓްރީގެ ރަޖިސްޓަރީ ހުށައެޅުއްވުން އެދެމެވެ. ހުށައަޅާ ސިޓީގައި ސެކިޔުރިޓީ ބަލަހައްޓަވައިދެވޭނެ އަގާއި ، ފޯނުނަންބަރު ހިމަނަންވާނެ އެވެ. އަދި ސިޓީ ހުށައެޅުމުގެ ފުރުޞަތު އޮންނާނީ އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ.

މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ . 

17 ޖުލައި 2024