ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)460-PR/460/2024/9
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:06
ސުންގަޑި: 28 ޖުލައި 2024 10:00
އިންފޮރމޭޝަން ކޮމިޝަނަރުގެ އޮފީސް
ދިވެހިރާއްޖެ
މި އޮފީހަށް ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުން

މި އޮފީހަށް ބޭނުންވާ ލެޕްޓޮޕް ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދަން އިޢުލާނުކުރަމެވެ.

މި ބީލަމުގައި ރަޖިސްޓްރީ ކުރުމަށް 2024 ޖުލައި 17 ވާ ބުދަ ދުވަހުން ފެށިގެން 2024 ޖުލައި 22 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ނިޔަލަށް، [email protected] އަށް އީމެއިލް ކުރެއްވުން އެދެމެވެ. ބީލަން ހުށަހެޅޭނީ މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށް އެކަންޏެވެ.

ރަޖިސްޓާ ކުރަން ފޮނުވާ މެއިލްގައި ހިމަނަންޖެހޭ މަޢުލޫމާތު:

  • އިޢުލާން ނަންބަރު (މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް)
  • ބީލަން ހުށަހަޅާ ފަރާތް ނުވަތަ ވިޔަފާރީގެ ނަން
  • ގުޅޭނެ ފޯނު ނަންބަރު
  • އީމެއިލް އެޑްރެސް
  • މެއިލް ފޮނުވާ ފަރާތުގެ ނަން

މި މަސައްކަތާއި ގުޅޭ "މަޢުލޫމާތު ކަރުދާސް" މި އިޢުލާނާއި އެކު އެޓޭޗް ކުރެވިފައިވާނެއެވެ. މިކަމާއި ގުޅޭ އިތުރު މަޢުލޫމާތެއް ސާފުކުރަން ބޭނުންވާނަމަ އީމެއިލް ކުރައްވާނީ 2024 ޖުލައި 22 ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން [email protected] އީމެއިލް އެޑްރެހަށެވެ.

 

ބީލަން ހުށަހެޅުން

ތަން: އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް

ގަޑި: 28 ޖުލައި 2024 ވާ އާދީއްތަ ދުވަހުުގެ ހެނދުނު 10:00

 

ވީމާ، މި މަސައްކަތް ކުރެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މަތީގައިވާ ތާވަލުގައިވާ ގޮތުގެމަތިން ކަނޑައެޅިފައިވާ ތަނަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބުތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި ކޮންކަމަކަށް ހުށަހެޅޭ ބީލަމެއްކަން އެނގެން އޮންނަންވާނެއެވެ.

11 މުޙައްރަމު 1446

17  ޖުލައި  2024

17 ޖުލައި 2024