ބީލަން
ނަންބަރު: (IUL)386/386/2024/49
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:59
ސުންގަޑި: 07 އޮގަސްޓް 2024 13:00
ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ގުރައިދޫ ގައި އައިސް ޕްލާންޓެއް އެޅުމަށް ކުއްޔަށް ބިން ދޫކުރުން

ނަންބަރު: (IUL)386/386/2024/49

އިޢުލާން

ތ. ގުރައިދޫ ގައި އައިސް ޕްލާންޓެއް އެޅުމަށް ކުއްޔަށް ބިން ދޫކުރުން

              މި އިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާ ކުރެހުމުގައި ފާހަގަކޮށްފައިވާ ބިން އައިސް ޕްލާންޓެއް އެޅުމަށް އަކަފޫޓަކަށް -/15 (ފަނަރަ ލާރި) އަށްވުރެ ކުޑަނުވާގޮތަށް ކުއްޔަށް ދޫކުރަން ބޭނުންވާތީ، މިކަމަށް ޝަރުޠު ހަމަވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

              ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު ( ޤާނޫނު ނަންބަރު: 18/2014 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު ( ޤާނޫނު ނަންބަރު: 19/2014 ) ގެ ދަށުން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށެވެ.

              މި ބީލަމުގައި ބައިވެރިވެލައްވަން އެދޭ ފަރާތްތަކުން 25 ޖުލައި 2024 ވަނަ ދުވަހުގެ 14:00 ގެ ކުރިން ބިޑް ރަޖިސްޓްރީ ކުރައްވަން ވާނެއެވެ.

              ބީލަންވެރިންނަށް މަޢުލޫމާތު ދިނުން އޮންނާނީ 28 ޖުލައި 2024 ވަނަ ދުވަހުގެ 10:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 28 ޖުލައި 2024 ވަނަދުވަހުގެ 14:00 ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

އެޑްރެސް : ކޮޅުމަޑުލު ގުރައިދޫ ކައުންސިލްގެ އިދާރާ

ފޯން : 6780715

އީމެއިލް އައިޑީ : [email protected]

ބީލަން ހުޅުވުން އޮންނާނީ 07 އޯގަސްޓް 2024 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަން ހުށަހެޅުމަށް ބިޑް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

             11 މުޙައްރަމް 1446

             17 ޖުލައި 2024 

17 ޖުލައި 2024