ވަޒީފާގެ ފުރުޞަތު
ނަންބަރު: 167-CC/1/2015/40
ޕަބްލިޝްކުރި ތާރީޚް: 18 މޭ 2015
ޕަބްލިޝްކުރި ގަޑި: 13:53
ސުންގަޑި: 02 ޖޫން 2015 15:00
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް
ދިވެހިރާއްޖެ
ސަޕޯޓް ސަރވިސް އޮފިސަރ

މިސަރވިސްގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ބޭނުންވެއްޖެއެވެ.

މަޤާމު

ސަޕޯޓް ސަރވިސް އޮފިސަރ 1

ރޭންކް

ސީ އެސް އެސް 1

ކްލެސިފިކޭޝަން

ސަޕޯޓް ސަރވިސް

މުސާރަ

-/3،753 ރުފިޔާ

ސަރވިސް އެލަވަންސް

-/3،500 ރުފިޔާ

ނޮންޕްރެކްޓިކްސް

1,688/80 ރުފޔާ

ބޭނުންވާ އަދަދު

01

ޝަރުތު

ލިޔަންކިޔަން ދަތުމާއިއެކު މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ ޤާބިލުކަން ލިބިފައިވުން

މަޤާމުގެ މަސްޢޫލިއްޔަތު

  • އޮފީހުގެ އިމާރާތުގެ އެތެރޭގެ ހުރިހާ ތަނެއް ފޮޅައި ސާފުކުރުން.
  • އެކިއެކި އޮފީސްތަކާ ހަވާލު ކުރަންޖެހޭ ސިޓީ ފަދަ ތަކެތި ހަވާލުކުރުން.
  • ހުރިހާ މުވައްޒަފުންގެ މޭޒުތައް ފޮޅައި ސާފުކޮށް ހުރިހާ ޑަސްބިންތައް ސާފުކުރުން.
  • ސައިކޮޓަރިއާއި ފާޚާނާތައް ކޮންމެ ދުވަހަކު ސާފުކުރުން.
  • އެކިއެކި ބައްދަލުވުންތަކަށް ސައި/ކޮފީ ތައްޔާރު ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޯދުމަށް ބަލާނެ ކަންތައްތައް

މަތީގައި ދެންނެވިފައިވާ ދާއިރާއިން މަސައްކަތުގެ ތަޖުރިބާ.

އިންޓަރވިއު ކުރުން  މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އޮންނާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ މަސައްކަތު 5 ދުވަހުގެ ތެރޭގައި އެންގޭނެއެވެ. 
ސުންގަޑި:  މި މަޤާމްތަކަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއި އެކު 02 ޖޫން 2015 ވާ ހޯމަ ދުވަހުގެ 15:00 ގެކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހުށައެޅުއްވުން އެދެމެވެ. ( ޣާޒީ ބިލްޑިންގ/ ގްރައުންޑް ފްލޯރ). 
އިތުރު މަޢުލޫމާތު 
  • ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަ ނުކޮށް ހުށަހަޅާ ފޯމާއި ޝަރުޠު ހަމަނުވާ ފަރާތްތަކުން ހުށައަޅުއްވާ ފޯމުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.
  • ހުށަހަޅުއްވާފައިވާ ލިޔެކިއުންތައް ޞައްޙަ ނޫންކަމަށް ސާބިތު ވެއްޖެނަމަ ފޯމު ބާޠިލު ކުރެވޭނެ ވާހަކަ ދަންނަވަމެވެ.
  • އެޕްލިކޭޝަންއާ އެކު ހުށަހަޅާ ލިޔުންތަކުގެ އަސްލު އިންޓަވިއުއަށް ހާޒިރުވާއިރު ގެންނަން ޖެހޭނެއެވެ.
  • މިއިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރުމަށް

ފޯން ނަންބަރު: 3312694، 3328443

ފެކްސް ނަންބަރު: 3313727

އީ-މެއިލް: [email protected]

ހުށަހަޅަންޖެހޭ ލިޔުންތައް:  
  • ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މި ސަރވިސްގެ www.corrections.gov.mv ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. އަދި މިސަރވިސްގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ.)
  • ވަޒީފާއަށް އެދޭ ފަރާތުގެ ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭހެން ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯ ކޮޕީ.
  • ސިވިލް ސަރވިސް އަށް/ ސަރުކަރާށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މީހެއްނަމަ، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާ މެދު އިޢުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ކުރިން ވަޒީފާ އަދާކޮށްފައިވާ މީހެއްނަމަ ވަޒީފާ އަދާކުރި ތަންތަނުގެ ރަސްމީ ލިޔުމުގެ ކޮޕީ.
  • ފޯމާއި އެކު ހުށައަޅުއްވާ ހުރިހާ ލިޔެކިއުންތަށް ހުންނަން ވާނީ ފޯމާ އެކު ސްޓޭޕްލް ކުރެވިފައެވެ.
 
 
18 މޭ 2015