ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)305-ME305/305/2024/70
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި:
25 ޖުލައި 2024 20:30
މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމާއި ގުޅޭ
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު ނަންބަރު: 2010/7 ގެ 110 ވަނަ މާއްދާގައި ބުނާ ސިޓީ ކައުންސިލްތަކުންނާއި ރަށްރަށުގެ ކައުންސިލްތަކުންނާއި ކޮންމެ އަހަރެއްގެ ފެބްރުއަރީ އާއި ޖުލައި މަހު ރައްޔިތުންނަށް ޢާއްމުކޮށް ހުޅުވާލައިގެން ބައްދަލުވުމެއް ބާއްވަން ވާނެކަމަށް ބަޔާންކޮށްފައިވެއެވެ. ވުމާއިއެކު މިއަހަރުގެ ޖުލައިމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ ބައްދަލުވުން 25 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ ރޭ 08:30 ގައި މާކުރަތު އިޖުތިމާޢީ މަރުކަޒުގައި އޮންނާނެއެވެ.
ހުށަހަޅާ ކަންކަން:
- 2024 ވަނަ އަހަރުގެ 6 މަހުގެ ރިޕޯޓު ހުށައެޅުން
- 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު
- 2025 ވަނަ އަހަރުގެ މަސައްކަތު ތާވަލް
ވީމާ، މިބައްދަލުވުމަށް މާކުރަތުގެ ލޮބުވެތި ރައްޔިތުން ވަޑައިގެންދެއްވުމަކީ މިކައުންސިލްގެ ވަރަށް ބޮޑު އެދުމެއް ކަމުގައި ދަންނަވަމެވެ.
މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.
17 ޖުލައި 2024