ދިވެހިރާއްޖެ
މިރަށުން މިއަހަރު ދޫކޮށްފައިވާ ގޯތިތަކާއި އިންވެގެންވާ މަގުތަކާއި ގޯޅިތަކުގައި ހުރި ރުއްގަސް ގަންނާނެ ފަރާތެއް ހޯދަން ބޭނުންވެގެން 2023ވަނަ އަހަރު ތިނެއް (3) އިޢުލާނާއި ގުޅިގެން އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވާތީ އަލުން އެ ފުރުޞަތު ހުޅުވާލަމެވެ. މިއީ މިކަމަށްޓަކައި ކުރެވޭ ހަތަރުވަނަ އިއުލާނެވެ.
ރުއްގަސް ގަންނަ ފަރާތުން ރުއްގަސް ހުރިގޮތަށް ރަށުން ބޭރުކުރުމަށް ބޭނުންފުޅު ވާނަމަ އެކަމާގުޅިގެން ނަގަންޖެހޭ އެންމެހައި ހުއްދަތަށް ނެގުމަކީ ރުއްގަސް ގަންނަ ފަރާތުގެ ޒިންމާއެކެވެ. ނަމަވެސް ހުއްދަތައް ނަގަން ކުރަންޖެހޭ އެންމެހައި މަސައްކަތުގައި މިކައުންސިލުގެ އެހީތެރިކަމާ އެއްބާރުލުން އޮންނާނެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވާ ފަރާތްތަކުން "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު މިކައުންސިލް އިދާރާގެ އީމެއިލް [email protected] ފޮނުއްވައިގެން ނުވަތަ މިއިދާރާއަށް ދުރުވެ ހުށަހަޅައި ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ ވިޔަފާރިކުރުމުގެ ޤާނޫނުގެ ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ. މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ހޯދުމާއި ބީލަމުގައި ރަޖިސްޓްރީވިކަން ކަށަވަރުކުރުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.
އިއުލާނާއި ގުޅޭ އެކި މަރުހަލާތައް ދާނެގޮތުގެ ތާވަލު |
|
ބީލަން ހުށަހެޅުމަށް ރަޖިސްޓްރީވުން |
24 ޖުލައި 2024ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް |
އަގު ހުށަހެޅުން |
30 ޖުލައި 2024 ވަނަ ދުވަހުގެ 13:00ގެ ނިޔަލަށް |
ބީލަންތައް ހުޅުވުން. |
30 ޖުލައި 2024 ވަނަ ދުވަހުގެ 13.00 ގައި ފައިނު ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައި |
ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.