ދެންނެވުން
ނަންބަރު: (IUL)407-MS407/407/2024/38
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 13:27
ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރު ސަރަހައްދުގެ އެއްގަމު ތޮށިގަނޑު ކައިރީގައި ހަދާފައިވާ ދުވާރުމަތީގައި ބަރު އުޅަދުތައް ( ހެވީވެހިކަލް ) ބޭއްވުމާއިބެހޭ

އިޢުލާން

 

ބަނދަރު ސަރަހައްދުގެ އެއްގަމުތޮށިގަނޑުކައިރީގައި ހަދާފައިވާ ދުވާރުމަތީގައި  ބަރު އުޅަދުތައް ( ހެވީވެހިކަލް ) ބޭއްވުމާއިބެހޭ.

                       މިރަށަށް އަންނަ މުދާއުފުލާ އުޅަދުތަކަށް މުދާ އަރުވައި ބޭލުމުގައި 4 ފުރޮޅުލީ ބަރުއުޅަނދުތައް ( ކެރޭނު، ލޮރީ، ޕިކަޕް،ފަދަ އުޅަނދުތައް ) ބަނދަރު ސަރަޙައްދުގެ އެއްގަމުތޮށި  ( ބައްރުފަރާތު ރިވެޓްމަންޓް ) ކައިރީގައި ހަދާފައިވާ ދުވާރުމަތީގައި ބާއްވައިގެން ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ދާކަން ފާހަގަކުރަމެވެ. އަދި މިކަމުގެ ސަބަބުން ދުވާރުގައި އަޅާފައިވާ ގާތަކަށް ގެއްލުންވަމުންދާތީ މިގޮތަށް 4 ފުރޮޅުލީ ބަރުއުޅަނދުތައް އެއްގަމުތޮށި (ކައިރީގައި ބައްރުފަރާތު ރިވެޓްމަންޓް)  ހަދާފައިވާ ދުވާރުމަތީގައި  ބާއްވައިގެން މަސައްކަތް ނުކުރުމަށް އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ. އަދި މިފަދަ އަމަލުތައް ތަކުރާރުކޮށް ކުރަމުންދާ ފަރާތްތަކާމެދު ޤަވާއިދުން ފިޔަވަޅުއަޅާނެ ވާހަކަވެސް އާއްމުކޮށް އަންގާ އިޢުލާންކުރަމެވެ.

 

11 މުޙައްރަމް 1446

17.07.2024

17 ޖުލައި 2024