ދެންނެވުން
ނަންބަރު: (IUL)319/319/2024/36
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:31
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ ބައްދަލުވުމުގެ ދަޢުވަތު

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނޫ ( ޤާނޫނު ނަންބަރު 2010/7 ) ގެ 107 ވަނަ މާއްދާގައިވާ ގޮތުގެ މަތިން ރައްޔިތުންނަށް އާންމުކޮށް ހުޅުވައިލައިގެން ބާއްވާ ބައްދަލުވުން،  2024 ޖުލައި 25 ވާ ބުރާސްފަތި ދުވަހުގެރޭ 21:00 ގައި ބ.މާޅޮހު ސްކޫލުގައި އޮންނާނެއެވެ.

ބައްދަލުވުމުގެ އެޖެންޑާ

    1. 2024 ވަނަ އަހަރުގެ ފުރަތަމަ 06 މަސްދުވަހު ކައުންސިލް ހިނގާ ދިޔަގޮތުގެ ރިޕޯޓް ހުށަހެޅުން
    2. 2025 ވަނަ އަހަރުގެ ކައުންސިލްގެ މަސައްކަތު ތާވަލު އަދި ބަޖެޓް ހުށަހެޅުން
    3. ދިރިއުޅުމަށް ދޫކުރެވިފައިވާ ގޯތިތަކާއި ގުޅުންހުރި މައްސަލަތައް ހިއްސާކޮށް އެކަންކަމަށް ހައްލު ހޯދުމަށް ރައްޔިތުންނާއި މަޝްވަރާކުރުން
    4. މުވައްސަސާތަކުން ރައްޔިތުންނާއި ހިއްސާކުރަން ބޭނުންވާ ކަންތައްތައް ހިއްސާކުރުމަށް ފުރުޞަތުދިނުން
    5. ކައުންސިލުންދޭ ޚިދުމަތްކުން ނަގާ ފީތައް ރައްޔިތުންނާއި ހިއްސާކުރުން

ވީމާ، ބައްދަލުވުމުގައި ބައިވެރިވުމުގެ ދަޢުވަތު މާޅޮހުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.

17 ޖުލައި 2024