ދިވެހިރާއްޖެ
ގދ.ވާދޫ ބަނދަރު ހުޅަނގު ފަރާތުން އެކި ބޭނުންތަކަށް ބިން ކުއްޔަށްދޫކުރުން
ގދ.ވާދޫގެ ބަނދަރުގެ ހުޅަގު ފަރާތުން އެކިއެކި ބޭނުންތަކަށް ބިންކުއްޔަށް ދޫކުރުމަށް މިކައުންސިލުންވަނީ ނިންމާފައެވެ.އެގޮތުން ދޫކުރުމަށްހަމަޖެހިފައިވަނީ:
- އިމްޕޯޓް މުދާވިއްކުމަށް 03 ބިން ( ޕްލޮޓް ނަންބަރ: 3،6،7 )
 - ގުދަން ވިޔަފާރިކުރުމަށް 03 ބިން ( ޕްލޮޓް ނަންބަރ: 1،2،5 )
 - ސައިހޮޓާ،ކެފޭ ރެސްޓޯރަންޓް ހިންގުމަށް 01 ބިން ( ޕްލޮޓް ނަންބަރ: 8 )
 - ވޯކްޝޮޕް ވިޔަފާރިކުރުމަށް 01 ބިން ( ޕްލޮޓް ނަންބަރ: 4 )
 
ވީމާ،ބިން ކުއްޔަށްހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މިއިދާރާގެ އީމެއިލް [email protected] އީމެއިލްމެދުވެރިކޮށް ނުވަތަ ކައުންސިލަށް ފޯމް ހުށަހަޅުއްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާހާއި ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމާއި،ބީލަންހުށަހަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ. އަދި ކުއްޔަށް ދޫކުރާ ބިންތައް އެގޭނެ ޗާޓު މަޢުލޫމާތު ކަރުދާހުގެ އެނެކްސް 01 ގައި ހިމަނާފައިވާނެވެ.
| 
 ތަފްޞީލް  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
| 
 ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި  | 
 2024/07/25  | 
 ބުރާސްފަތި  | 
 14:00  | 
| 
 އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ  | 
 2024/07/31  | 
 ބުދަ  | 
 13:00  | 
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ހަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް