މަޤާމް
|
ސެކިއުރިޓީ އެންޑް ސަޕޯރޓް އޮފިސަރ
|
މަޤާމުގެ ރޭންކް
|
L11 – H1
|
ބޭނުންވާ ޢަދަދު:
|
05
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން
|
ޕަބްލިކް ސަރވިސް މީޑިއާ، މާލެ
|
ޑިޕާޓްމަންޓް
|
ކޯޕަރޭޓް ސަރވިސް
|
ވަޒީފާގެ ބާވަތް
|
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)
|
ރަސްމީ މަސައްކަތު ގަޑި
|
ހަފްތާއަކު 06 ދުވަހު – ޝިފްޓް އުސޫލުން 8 ގަޑިއިރު
|
އަސާސީ މުސާރަ
|
-/4،500 ރުފިޔާ
|
ސަރވިސް އެލަވަންސް
|
-/2,500 ރުފިޔާ
|
އެހެނިހެން އެލަވަންސްތައް:
|
- އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
- ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
- ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
- އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
- ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
- ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
- މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
|
މަޤާމުގެ ޝަރުތު:
|
- ލިޔަންކިޔަން ދަތުމާއިއެކު، މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން ލިބިފައިވުން؛ ނުވަތަ
- މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތޖުރިބާ ލިބިފައިވުން.
|
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ކުންފުނިން ހަވާލުކުރާ ތަންތަނުގައި ތިބޭ، ކުންފުނީގެ މުވައްޒަފުންނާއި މެހެމާނުންގެ އިތުރުން ތަނާއި ތަކެއްޗަށް ރައްކާތެރިކަން ފޯރުކޮށްދިނުން؛
- ކުންފުނީގެ އިމާރާތުގެ ގޯތިތެރެއާއި އިމާރާތްތަކަށް ކުންފުނީގެ ސެކިއުރިޓީ ސިޔާސަތުތަކާއި އުޞޫލުތަކާ އެއްގޮތައް މީހުންނާއި ވެހިކަލް ވެއްދުން؛
- ކުންފުނީގެ މުވައްޒަފުން ކަމުގައި ވީނަމަވެސް، އެއީ މުވައްޒަފެއްކަން އަންގައިދޭ، ސްޓާފް ކާޑް ނެތި ކުންފުނީގެ ޢިމާރާތްތަކާއި އިމާރާތުގެ ގޯތިތެރެއަށް ވަނަނުދިނުން.
- ކުންފުނީގެ އެކި ބޭނުންތަކަށް ދައުވަތު ދީގެން އަންނަ މެހެމާނުންނާއި ދައުލަތުގެ އިސް މަސްއޫލުވެރިންނާ ކުންފުނީގެ މުވައްޒަފެއް ހަވާލުވުން ފިޔަވާ އެހެން އާންމު ފަރުދުން އެއީ ކާކުކަން ނޯޓުކޮށް، ކާކުކަން އަންގައިދޭ ފޮޓޯޖެހި ލިޔުމެއް ސެކިއުރިޓީ ޗެކްޕޮއިންޓް ނުވަތަ ފްރޮންޓް އޮފީހާ ޙަވާލުކޮށް، އެތަނުން ދޫކުރާ ވިޒިޓަރސް ފާހެއް އޮވެގެން މެނުވީ، އޮފީހުގެ ގޯތި ތެރެއަށާއި ޢިމާރާތްތަކަށް ވަނަނުދިނުން؛
- ކުންފުނީގެ ވެހިކަލާއި ކުންފުނީގެ ބޭނުމަކަށް ނުވަތަ ދައުލަތުގެ ބޭނުމަކަށް ވަޑައިގަންނަވާ ދައުލަތުގެ އިސްވެރިޔަކު ވަޑައިގަންނަވާ ކާރުކޮޅު ފިޔަވާ ހަތަރު ފުރޮޅުލީ އެއްވެސް ވެހިކަލެއް އޮފީހުގެ ގޯތިތެރެއަށް ވަނަނުދިނުން؛
- މުވައްޒަފަކު އޮފީހަށް އަންނަ ވެހިކަލް ފިޔަވައި އެހެން އެއްވެސް ބައިސްކަލެއް، ސައިކަލެއް ނުވަތަ އެ ބާވަތުގެ އެހެން އެއްވެސް ވެހިކަލެއް އޮފީހުގެ ގޯތިތެރެއަށް ވަނަނުދިނުމާއި ބެހެއްޓިޔަ ނުދިނުން؛
- ކުންފުނިން ކަނޑައަޅާ ޙާއްސަ ޙާލަތުތަކާއި ކަނޑައަޅާ ޢާންމު ގަޑިތަކުގައި އޮފީހުގެ ގޭޓްތައް ބަންދުކޮށް ތަޅުލާފައި ބެހެއްޓުން؛
- އޮފީހުގެ ގޯތިތެރެއަށް ވެއްދޭ 4 ފުރޮޅުލީ ކޮންމެ ވެހިކަލެއް ވަންނަ ގަޑިއާއި ނެރުނު ގަޑިއާއި ބޭނުމާއި ވެހިކަލް ނަމްބަރު ނޯޓްކޮށް ރެކޯޑް ބެލެހެއްޓުން؛
- އެއްވެސް ވެހިކަލެއްގައި ހުއްދަދެވިފައި ނުވާ ފަރާތެއް އޮފީހުގެ ގޯތިތެރެއަށް ވަނަނުދިނުން؛
- ސެކިއުރިޓީ އުޞޫލުތައް ތަންފީޒުކުރުމަށް މުވައްޒަފަކުނަމަވެސް އަދި މެހެމާނަކު ނުވަތަ އާންމު ފަރާތަކުން ނަމަވެސް ހުރަސްއަޅައިފިނަމަ ލޮޖިސްޓިކް އޮފިސަރަށް އެކަން ވަގުތުން ރިޕޯޓް ކުރުން؛
- ކުންފުނީގެ ޢިމާރާތްތަކުގެ ގޯތިތެރެއާއި އެތަންތަނާ ގުޅިފައިވާ ބައިތަކާއި ޢިމާރާތްތަކުގެ ޢާންމު ދިއްލުންތައް ދިއްލަންޖެހޭ ގަޑިތަކުގައި ދިއްލުމާއި ނިއްވާލަންޖެހޭ ގަޑިތަކުގައި ނިއްވާލުން؛
- ޑިއުޓީ ގަޑީގައި މަސްއޫލިއްޔަތު އަދާނުކުރެވޭ ފަދަ ބޭހެއް ނުވަތަ އެހެން އެއްވެސް އެއްޗެއް ބޭނުންނުކުރުން؛
- ކުންފުނިން އުކާލަންޖެހޭ ކުނި އުކާލުމަށް ބެނުންވާ އެހީތެރިކަން ފޯރުކޮށްދިނުން؛
- ކުންފުނީގެ ތަކެތި، އެކަމާ ބެހޭ ފަރާތަކަށް ނުވަތަ ޑިޕާޓްމެންޓަކަށް ހަވާލުކުރުން؛
- ރޭޑިއޯ ޕްރޮގްރާމް ތަކާއި ޓީވީ ޕްރޮގްރާމްތަކަށް ބެނުންވާ މެއިންޓެނަންސް އެހީތެރިކަން ފޯރުކޮށްދިނުން؛
- ސެޓް ހެދުމާއި އެހެނިހެން ސްޓޫޑިއޯތައް ތައްޔާރުކޮށްދިނުން؛
- ކުންފުނީގެ ޢިމާރާތްތަކުގެ އެތެރއާއި ގޯތިތެރެ ކުނިކަހައި ސާފުކުރުން؛
- ފާޙާނަތައް ހަޑިވިޔަ ނުދީ ކަނޑައެޅިފައިވާ ގަޑިތަކުގައި ސާފުކޮށް ބެލެހެއްޓުމާއި އެތަންތަނުގެ މެއިންޓެނަންސް މައްސަލަތައް ރިޕޯޓް ކުރުން؛
- ކުންފުނީގެ އެކިއެކި ތަންތަނުގައި އަޅާފައިވާ ކާރޕެޓް ހަޑިވިޔަ ނުދީ ވެކިއުމް ކްލީނަރ މެޝިން ބޭނުންކޮށްގެން ސާފު ކުރުން؛
- ކުންފުނީގެ މުވައްޒަފަކަށް ނުވަތަ މެހެމާނަކަށް ނުވަތަ ޢިމާރާތަކަށް ނުވަތަ ވަޞީލަތަކަށް ނުވަތަ މުދަލަކަށް ގެއްލުންވާނެ ޙާލަތެއް ކުރިމަތި ވެއްޖެނަމަ ލޮޖިސްޓިކްސް އޮފިސަރ އާއި ސްޕަވައިޒަރަށް ވަގުތުން އެންގުން؛
- ސްޕަވައިޒަރުން އަންގާ ކުންފުނީގެ މަސައްކަތްތަކުގައި ބައިވެރވުން؛
- ސެކިއުރިޓީ އޮފިސަރުންގެ ޑްރެސް ކޯރޑާއި ކުންފުނީގެ ޢާންމު އުޞޫލުތަކަށް އިޙްތިރާމްކުރުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
- މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
- ޕޮލިސް ރިޕޯޓް (4 މަސްނުވާ).
|
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:
|
- މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
- މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.
(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)
|
ސުންގަޑި
|
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 23 ޖުލައި2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.
|
އިތުރު މަޢްލޫމާތު:
|
މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000364 3000207 ,އާއި ގުޅުއްވުން އެދެމެވެ.
|