ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)PSM-HR/PSM/2024/245
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 10:30
ސުންގަޑި: 23 ޖުލައި 2024 12:00
ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
އެޑިޓަރ (ނިއުސް)

މަޤާމް :އެޑިޓަރ (ނިއުސް)
ބޭނުންވާ އަދަދު :1

 

 

 

 

(IUL)PSM-HR/PSM/2024/245

ވަޒީފާގެ ފުރުޞަތު

 

މަޤާމް

އެޑިޓަރ  (ނިއުސް)    

މަޤާމުގެ ރޭންކް

L8 – E5 (P)

ބޭނުންވާ ޢަދަދު:

01

ވަޒީފާ އަދާ ކުރަންޖެހޭ ތަން

ޕަބްލިކް ސަރވިސް މީޑިއާ، މާލެ

ޑިޕާޓްމަންޓް

ނިވްސް އެންޑް ކަރަންޓް އެފެއާރޒް

ވަޒީފާގެ ބާވަތް

01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.)

ރަސްމީ މަސައްކަތު ގަޑި

ހަފްތާއަކު 06 ދުވަހު – ޝިފްޓް އުސޫލުން 8 ގަޑިއިރު

އަސާސީ މުސާރަ

-/9,000 ރުފިޔާ

ސަރވިސް އެލަވަންސް

-/3,500 ރުފިޔާ

އެހެނިހެން އެލަވަންސްތައް:

  • އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
  • ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.

(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

  • ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
  • އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
  • ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
  • ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.

މަޤާމުގެ ޝަރުތު:

  • މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު ކަމާގުޅޭ ދާއިރާއަކުން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • ސާނަވީ އިމްތިހާނުން ދަށްވެގެން 4 (ހަތަރު) މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުން؛ ނުވަތަ
  • މަސައްކަތާ ގުޅޭ ދާއިރާއަކުން 5 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • ޚަބަރު ހޯދުމާއި، ޚަބަރު ތައްޔާރުކުރުމުގެ ޤާބިލް ކަމާއި ހުނަރު ހުރުން؛
  • ވީޑިއޯ ކެމެރާ ކުރުމާއި، ވީޑިއޯ އެޑިޓްކުރަން އެނގުން؛
  • ޚަބަރު ހުށަހެޅުމާއި، ލައިވް އިވެންޓްތައް ހުށަހަޅަން އެނގުން؛
  • މައިކްރޯ ސޮފްޓް އޮފީސް ޕެކޭޖްގައި ހިމެނޭ، ވޯޑް، އެކްސެލް، ޕަވަރޕޮއިންޓް ބޭނުން ކުރަން އެނގުން.
  • ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ރަނގަޅަށް މުއާމަލާތްކުރަން އެނގުމާއި އަދި ޚަބަރުތައް ޓްރާންސްލޭޓްކުރަން އެނގުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ރޭޑިއޯ / ޓީވީ / އޮންލައިން އަދި ނިއުމީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކަށް:
  • ޚަބަރާއި ރިޕޯޓް ހަދާ ހުށަހެޅުމާއި، ވީޑިއޯ/ އޯޑިއޯ / ފޮޓޯ އަދި ބޭނުންކުރާ އެހެނިހެން މެޓީރިއަލްސް އެޑިޓްކުރުމާއި އަދި އެމަސައްކަތުގައި އެހީތެރިވެދިނުން؛
  • ހަދާ ޚަބަރާއި ރިޕޯޓަށް ބޭނުންވާ އިންފޯގްރެފިކްސް ހެދުން ނުވަތަ އެހެން ފަރާތެއްލައްވާ އެމަސައްކަތް ކުރުވުން ނުވަތަ އެހީތެރިވެދިނުން؛
  • ހަދާ ނުވަތަ ހޯދާ ވީޑިއޯ / އޯޑިއޯ / އަދި ސްކްރިޕްޓް އަރކައިވް ކުރުން ނުވަތަ އެހެންފަރާތެއް ލައްވާ އެމަސައްކަތް ކުރުވުން ނުވަތަ އެހީތެރިވެދިނުން؛
  • ރޭޑިއޯ / ޓީވީ / އޮންލައިނަށް ޚަބަރާއި، ރިޕޯޓާއި އަދި ސްކްރިޕްޓް ލިޔުމާއި، ކޮޕީ އެޑިޓްކުރުން ނުވަތަ ރީ-ރައިޓް ކުރުން؛
  • އޮންކެމެރާ ސްޓޭންޑަޕްސް ހެދުމާއި އިވެންޓްތައް ރޭޑިއޯ އަށާއި ޓީވީއަށް ލައިވްކުރުން؛
  • ނިއުސްވަރދީ އިވެންޓްތަކުގެ މަޢުލޫމާތު އެއްކޮށް ދިރާސާކުރުމާއި، ނިއުސް ފޯރަމަށް ޚަބަރު ޕްރޮސްޕެކްޓްސް ލުން؛
  • އިވެންޓްތައް ކަވަރ ކުރަން ރަށުގައާއި، ރަށުން ބޭރުގައި ހަރަކާތްތެރިވާންޖެހޭ ހާލަތްތަތަކުގައި އިވެންޓްތައް ކަވަރ ކުރުން؛
  • އެޑިޓަރުންގެ މަސައްކަތުގައި އެހީތެރިވެދިނުމާއި ހަވާލުކުރެވޭ މަސައްކަތްތައް ޒިންމާދާރުކަމާއި އިޚްލާސްތެރިކަމާއެކު ކުރުން؛
  • ސީނިއަރ އެޑިޓަރ ނެތް ހާލަތެއްގައި ސްކްރިޕްޓްތައް އެޑިޓްކުރުން ނުވަތަ އެޑިޓްކޮށް ޕްރޫފްރީޑް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ

- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛

- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ

- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ

  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން:

  • މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ.
  • މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ.

(އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.)

ސުންގަޑި

މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 23 ޖުލައި 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careersއަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ.

އިތުރު މަޢްލޫމާތު:

މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000364 3000207 , ފޯނާ ގުޅުއްވުން އެދެމެވެ.

 

 

 

 

 

 

 

 

 

16 ޖުލައި 2024