ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-SHRD/IUL/2015/44
ޕަބްލިޝްކުރި ތާރީޚް: 20 މޭ 2015
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 09 ޖޫން 2015 14:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
ކޮންސަލްޓަންޓެއް ހޯދުމަށް

ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާއަށް ކޮންސަލްޓެންޓަކު ހޯދުން

މިހާރު ޢަމަލުކުރަމުންދާ ސިވިލް ސަރވިސްގެ މުސާރައިގެ އޮނިގަނޑަށް ޢަމަލުކުރަން ފެށި ފަހުން 5 އަހަރަށްވުރެ ގިނަ ދުވަސް ވެފައިވުމާއެކު، ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކުގެ ހާލަތު ދެނެގަނެވި، ގެންނަންޖެހޭ ބަދަލުތައް ފާހަގަކޮށް، ދިރާސާ ރިޕޯޓެއް ތައްޔާރު ކުރުމަށް ކޮންސަލަންޓަކު ބޭނުންވެއެވެ.

ބޭނުންވާ އަދަދު: 01

އުޖޫރަ (މަހަކަށް): -/25,000 (ފަންސަވީސްހާސް ރުފިޔާ)

މަސައްކަތުގެ ވަގުތު: ކޮންސަލްޓެންޓަކަށް ހޮވޭ ފަރާތާއި ސިވިލް ސަރވިސް ކޮމިޝަނާ އެއްބަސްވެވޭ ސުންގަޑިތަކަށް ހަވާލުކުރެވޭ މަސައްކަތް ނިންމުން

މުއްދަތު: 3 މަސްދުވަސް (ނުވަތަ މަސައްކަތް ނިމެންދެން)

ފެންވަރު ނުވަތަ ޝަރުތު: 

  • މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލުކޮށްފައިވުން.
  • މަސައްކަތުގެ ދާއިރާގައި 3 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ކުރަންޖެހޭ މަސައްކަތާ ބެހޭ މަޢުލޫމާތު:

ސިވިލް ސަރވިސްގެ މުވައްޒަފުންގެ މުސާރައާއި ޢިނާޔަތްތަކުގެ ހާލަތު ދެނެގަނެ، ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރާ ދިރާސާގައި ތިރީގައި ފާހަގަ ކުރާ ކަންތައްތައްވެސް ހިމަނަންވާނެއެވެ.

މަސައްކަތް

އިތުރު ތަފުސީލު

ސިވިލް ސަރވިސްގެ މުސާރައިގެ އޮނިގަނޑުގެ ދިރާސާކުރުން

  • ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ މުސާރައާއި އިނާޔަތްތަކަށް އައިސްފައިވާ ބަދަލުތައް ފާހަގަކޮށް އެނަލައިޒްކުރުން.
  • ސިވިލް ސަރވިސްގެ ބޭސް މުސާރައާއި ދައުލަތުގެ އެހެން އިދާރާތަކުގެ ބޭސް މުސާރައިގެ ތަފާތު ފާހަގަކޮށް އެނަލައިޒްކުރުން.  
  • މާލެއާއި އަތޮޅު/ ރަށްތަކުގައި މަސައްކަތްކުރާ މީހުންގެ އުޖޫރައާއި އެހެނިހެން ޢިނާތްތައް އަޅައިބަލައި އެނަލައިޒްކުރުން.

އެލަވަންސް ތަކާއި އެހެނިހެން ބެނެފިޓްސްތައް ދިރާސާ ކުރުން

  • ސިވިލް ސަރވިސްގެ އެލަވަންސްތަކާއި އެހެނިހެން ބެނެފިޓްސްތައް ދައުލަތުގެ އެހެން އިދާރާތަކުން ދޭ އެލަވަންސްތަކާއި ބެނެފިޓްސްތަކުގެ ތަފާތު އަޅައިބަލައި އެނަލައިޒްކުރުން.  

މުސާރައިގެ އޮނިގަނޑަށް ހުށަހަޅާ ބަދަލު

  • ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭގައި ދައުލަތުގެ މުސާރައަށް އައިސްފައިވާ ބަދަލުތަކަށާއި ރާއްޖޭގެ އިޤުތިޞާދަށް އައި ބަދަލުތަކަށް ރިޢާޔަތްކޮށް، ސިވިލް ސަރވިސްގެ މުސާރައިގެ އޮނިގަނޑަށް ގެންނަން ހުށަހަޅާ ބަދަލުތަކުގެ ތަފުސީލު.  

މަތީގައި ފާހަގަކޮށްފައިވާ ކަންތައްތަކަށް ބަލައި ރިޕޯޓު ހުށަހެޅުން

  • މުޅި ދިރާސާއާބެހޭ ތަފުސީލީ ރިޕޯޓެއް އެކުލަވައިލައި ކޮމިޝަނަށް ހުށަހެޅުން. 

މި މަސައްކަތްކުރާނޭ ފަރާތެއް ހޮވުން:

މަތީގައިވާ މަޢުލޫމާތުތަކުގެ މައްޗަށް ރިޢާޔަތްކޮށް، މި މަސައްކަތް ކުރުމަށް ޙަވާލުކުރާ ފަރާތެއް ހޮވާނީ، މި މަސައްކަތްކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކާއެކު ކުރެވޭ އިންޓަރވިއުތަކާއި ޤާބިލުކަން ވަޒަންކުރުމަށް ކުރެވޭ އެސެސްމަންޓްތަކުގެ ނަތީޖާއަށް ބަލައިގެންނެވެ. މި ގޮތުން މީހަކު ހޮވުމުގައި ތިރީގައިވާ ކަންތައްތަކަށް ބެލޭނެއެވެ.

  • ތަޢުލީމީ ފެންވަރު - %30
  • މަސައްކަތުގެ ތަޖުރިބާ - %20
  • ގާބިލްކަން ހުރި މިންވަރު (އިންޓަރވިއު/ ޕްރެޒެންޓޭޝަން/ ޕްރެކްޓިކަލްސް) - %50

ނޯޓް: ދިރާސާކުރުމުގެ ޤާބިލުކަމާއި މިފަދަ މަސައްކަތް ކުރުމުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މި ކަމަށް އެދޭ މަތީގައި ބަޔާންކޮށްފައިވާ ޝަރުޠު ފުރިހަމަވާ ފަރާތްތަކުން 2015 ޖޫން 09 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން މި މަސައްކަތް ކުރުމަށް ޝައުޤުވެރިވާކަން ހާމަކޮށް، އެކަމަށް އެދި ސިޓީއަކުން ހުށަހަޅަންވާނެއެވެ. އަދި ސިޓީއާ އެކު ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު މި ކޮމިޝަނަށް (ހ. ވެލާނާގެ، 12 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން އެދެމެވެ.

2 ޝަޢުބާން 1436

20 މޭ 2015