މަޤާމު:
|
އެސިސްޓެންޓް މެނޭޖަރ (ޙައްޖު އޮޕަރޭޝަން)
|
ބޭނުންވާ އަދަދު:
|
01 (އެކެއް)
|
އަސާސީ މުސާރަ:
|
-/8,000 ރުފިޔާ |
އެލެވެންސް:
|
ސާރވިސް އެލަވަންސް: -/3،000 ރުފިޔާ
ޕްރޮފެޝަނަލް އެލަވަންސް: މަސައްކަތްކުރާ ކޮންމެ ދުވަހަކަށް -/125
ފޯން އެލަވަންސް: -/300
|
މަސައްކަތުގެ ގަޑި:
|
ރަސްމީ ގަޑި: ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 16:00 އަށް
އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ކަނޑައެޅިފައިވާ އުސޫލުގެ މަތިން އިތުރު ގަޑީގެ އެލެވެންސް ދެވޭނެއެވެ.
|
ފެންވަރު ނުވަތަ ޝަރުޠު:
|
- އިސްލާމީ ޝަރީޢާ، އިސްލާމިކް ފައިނޭންސް ނުވަތަ ގުޅުން ހުރި ދާއިރާއަކުން ފުރަތަމަ ޑިގްރީ ހާސިލުކޮށްފައިވުން.
- ދިވެހި، އިނގިރޭސި އަދި ޢަރަބި ބަހުން ފަރިތަކަމާއިއެކު މުޢާމަލާތުކުރަން އެނގުން.
- ވޭތުވެދިޔަ 5 އަހަރު ޖިނާޢީ ކުށެއް ސާބިތުވެފައިނުވާ މީހަކު ކަމުގައިވުން ނުވަތަ އެފަދަ ކުށެއް ހުށަހެޅި ބަލަމުންދާ މީހަކު ކަމުގައި ނުވުން.
- ޙައްޖާއި ޢުމްރާގެ އަޅުކަމާ ގުޅޭ މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
- ގިނަވަގުތު މަސައްކަތުގައި އުޅެވޭ އަދި އެހެން މުވައްޒަފުންނާއި ގުޅިގެން މަސައްކަތް ކުރެވޭ ފަރާތަކަށްވުން.
|
މަސްއޫލިއްޔަތު:
|
- ޙައްޖާއި ޢުމްރާގެ ލޮޖިސްޓިކް ހުރިހާކަމެއް ރާވައި ބެލެހެއްޓުމާއި އަދި އެކަމާގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން.
- ޙައްޖުވެރިންނަށް ބޭނުންވާ ތަމްރީނުތަކުގެ މެޓީރިއަލްތައް އެކަށައެޅުމުގައި ބައިވެރިވެ، ތަމްރީންތައް ރާވާ ހިންގުން.
- ޙައްޖާއި ޢުމްރާގެ ދަތުރުތަކުގައި ބައިވެރިވެ، ސަޢުދީ ޢަރަބިއްޔާގައި ކުރަންޖެހޭ މަސައްކަތްތަކުގައި ހީވާގިކަމާ އެކު މަސައްކަތްކުރުން.
- ޙައްޖާއި ޢުމްރާއަށް ތައްޔާރުވުމަށް ސަޢުދީ ޢަރަބިއްޔާއަށް ކުރަންޖެހޭ ދަތުރުތަކުގައި ބައިވެރިވުން.
- ޢަރަބި ބަހުން ލިޔެކިޔުންތައް ތައްޔާރުކުރުމާއި ޢަރަބި ބަހުން ކުރަންޖެހޭ މުޢާމަލާތްތަކުގައި އިސްދައުރެއް އަދާކުރުން.
- ޙައްޖާއި ޢުމްރާގެ އެންމެހާ ކަންކަން ރާވާ ހިންގުމުގައި މެނޭޖަރގެ ދަށުން މަސައްކަތްކުރުން.
- ކޯޕަރޭޝަންގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ކުރެވޭ ހުރިހާ މަސައްކަތްތަކެއްގައި ބައިވެރިވެ އެއްބާރުލުން.
|
ނޯޓް:
|
މިމަޤާމަށް މީހަކު ހޮވުމުގައި ސަޢުދީ ޢަރަބިއްޔާގެ މާޙައުލު ދަންނަ ފަރާތްތަކާއި، އަދި ޙައްޖާއި ޢުމްރާގެ ދަތުރުތަކުގައި ބައިވެރިވެ ތަޖުރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.
|
މަސައްކަތު ވަގުތު:
|
- ރަސްމީ ގަޑި: ހެނދުނު 08:00 އިން ހަވީރު 16:00 އަށް (ރަސްމީ ބަންދު ދުވަސްތައް ފިޔަވައި)
- ނުރަސްމީ ގަޑިގައިވެސް މަސައްކަތް ކުރަންޖެހިއްޖެ ނަމަ ނުރަސްމީ ގަޑީގައިވެސް މަސައްކަތްކުރާ ގޮތަށް
|
ހުށައަޅަންޖެހޭ ލިޔުންތައް:
|
- މަޤާމަށްއެދި ހުށަހަޅާ ސިޓީ (އިޢުލާން ނަންބަރާ އެކު)
- މުއްދަތު ހަމަނުވާ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮފީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)
- ވަޒިފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ފަރާތެއްނަމަ އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާ އެނގޭނެ ރަސްމީ ލިޔުން
|
ސުންގަޑި:
|
09 ޖޫން 2015 ވާ ބުރާސްފަތި ދުވަހު 14:00 ގެ ކުރިން މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ލިމިޓެޑްގެ އޮފީހަށް ހުށައެޅުއްވުން އެދެމެވެ.
|
ނޯޓް:
|
ވަޒީފާ އަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠު ހަމަވާ ފަރާތެއް ނުލިބިއްޖެނަމަ، އެންމެ އެކަށީގެންވާ ފަރާތެއް ނެގުމުގެ ފުރުޞަތު އޮންނާނެއެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3011000 އަށެވެ.
|
އިތުރު މަޢުލޫމާތު:
|
މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓުވާ ފަރާތްތަކާ އިންޓަރވިޔު ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓްވާ ފަރާތްތަކުން، އިންޓަރވިޔުއަށް ވަޑައިގަންނަވާއިރު ހުށަހަޅުއްވާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ އެޑްރެސް ކުރަންވާނީ:
މެނޭޖިންގ ޑިރެކްޓަރ
މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑް
މާލެ، ދިވެހިރާއްޖެ
|