މަސައްކަތް
ނަންބަރު: (IUL)25-A2/1/2015/
ޕަބްލިޝްކުރި ތާރީޚް: 24 މޭ 2015
ޕަބްލިޝްކުރި ގަޑި: 11:49
މިނިސްޓްރީ އޮފް ފޮރިން އެފެއާޒް
ދިވެހިރާއްޖެ
ކުނިއުކާލުމުގެ ޚިދުމަތަށް އެދި ކުރެވުނު އިޢުލާންތައް ބާޠިލުކުރުން

މި މިނިސްޓްރީން އުކާލަންޖެހޭ ކުނި ދުވާލަކު އެއްފަހަރު އުކާލާނެ ފަރާތެއް ހޯދަން ބޭނުންވެގެން 14 މޭ 2015 ވަނަ ދުވަހު ގެޒެޓް ކުރެވުނު އިޢުލާން ނަންބަރު: IUL)25-A2/1/2015/25) ގެޒެޓް ކުރެވުނުއިރު ތަފާތު ދެ ދުވަހެއްގައި 2 ގޮތަކަށް ގެޒެޓް ކުރެވިފައިވާތީ، މި ދެ އިޢުލާން ބާޠިލު ކުރެވުނު ވާހަކަ ދަންނަވަމެވެ.  

މިކަމާ ގުޅިގެން އެންމެހާ ފަރާތްތަކަށް ދިމާވި އަދި ދިމާވެދާނެ ދަތިތަކަށްޓަކައި ނިހާޔަތަށް މަޢާފަށް އެދޭވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 3323400 ނަންބަރު ފޯނާއެވެ.   

24 މޭ 2015