ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)318-HR/318/2024/46
ޕަބްލިޝްކުރި ތާރީޚް: 17 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 08:33
ސުންގަޑި: 25 ޖުލައި 2024 14:00
މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮމިއުނިޓީ ކައުންސިލް އެސިސްޓެންޓް (ވޭޖް އެމްޕްލޯއީމެންޓް)

މި އިދާރާއަށް ތިރީގައި މި ދަންނަވާ މަޤާމަށް މީހުން ބޭނުންވެއެވެ.

 މަޤާމު

 ކޮމިއުނިޓީ ކައުންސިލް އެސިސްޓެންޓް (ވޭޖް އެމްޕްލޯއީމެންޓް) 

 ބޭނުންވާ ޢަދަދު

 01 (އެކެއް)

 މަޤާމުގެ ގިންތި

 ވަގުތީ (15 ސެޕްޓެންބަރު 2024 އާއި ހަމައަށް)

 މަޤާމުގެ ރޭންކް

 -

 މަޤާމުގެ ކްލެސިފިކެޝަން

 -

 މުސާރަ

 މަސައްކަތްކުރާ ކޮންމެ ގަޑިއިރަކަށް 50.00 (ފަންސާސް) ރުފިޔާ

 ސަޕޯޓިންގ ކޯ އެލަވަންސް

 -

 ވަޒީފާ އަދާކުރަންޖެހޭ ތަން

 މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާ

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު

  1. ކައުންސިލުން ދެވޭ ތާވަލާ އެއްގޮތަށް ދަރަވަންދޫގެ އިޖްތިމާޢީ ސަރަހައްދުތައް ސާފުކޮށް ބަލަހައްޓުން.
  2. އަދި މީގެ އިތުރުން ރަސްމީ ގޮތުން ޙަވާލުކުރެވޭ މަސައްކަތްތައްކުރުން.

 ޝަރުޠު

 ލިޔަންކިޔަން އެނގުމާއިއެކު ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މީހެއް ކަމުގައިވުން.

 ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.

 ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަވިއު ކޮށްގެން.

 މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އާއި ޕްރެކްޓިކަލްސް އަދި އިމްތިޙާނު ކުރުން އޮންނާނެ ތާރީޚާއި ތަން:

 މި މަޤާމަށް މީހުން ހޮވުމަށް ބާއްވާ އިންޓަވިއު ކުރުން އޮންނާނީ މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއިން ކަނޑައަޅާ ތާރީޚެއްގައި މި އިދާރާއިން ކަނޑައަޅާ ތަނެއްގައެވެ. މިގޮތުން ކަނޑައެޅޭ ތަނާއި ތާރީޚް މި ވަޒީފާއަށް އެދޭ ފަރާތްތަކަށް މި އިދާރާ މެދުވެރިވެ އެންގޭނެއެވެ.

 ހުށަހަޅަންޖެހޭ  ލިޔުންތައް:

  1. ވަޒީފާއަށް އެދި ހުށަހަޅާފައިވާ ސިޓީ.
  2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި، މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).

 މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

 މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ސިޓީއާއި އެކު، ހުށަހަޅަންޖެހޭ ލިއުންތައް، 2024 ޖުލައި 25 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ.

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މި އިދާރާގެ ނަންބަރު: 0002 660 ފޯނާއެވެ.

17 ޖުލައި 2024