މަސައްކަތް
ނަންބަރު: D-12-C/2015/12
ޕަބްލިޝްކުރި ތާރީޚް: 25 މޭ 2015
ޕަބްލިޝްކުރި ގަޑި: 11:40
ސުންގަޑި: 01 ޖޫން 2015 11:30
ނ.މަނަދޫ މެޖިސްޓްރެޓް ކޯޓު
ދިވެހިރާއްޖެ
ޢިމާރާތެއްގެ ނުނިމިހުރި މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށްޓަކައި ހަދާ ޢިމާރާތުގެ ނުނިމިހުރި މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް މިކޯޓުން ކުރި ނަންބަރު: D-12-C/2015/04 އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ އަންދާސީހިސާބުތައް އަގު ބޮޑުކަމަށް ފެންނާތީ، އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 01 ޖޫން 2015 ދުވަހުގެ 11:30 އަށް ނ.މިލަދޫ މެޖިސްޓްރޭޓް ކޯޓަށް، ނުވަތަ ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓަށް ނުވަތަ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 08 ޖޫން 2015 ދުވަހުގެ 11:00 އަށް، މަޢުލޫމާތު ސާފުކުރެއްވި ތަނަކަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބުތައް ބަލައެއް ނުގަނެވޭނެއެވެ.

07 ޝަޢުބާން 1436

25 މޭ 2015