ދިވެހިރާއްޖެ
މާލޭގެ އެކިސަރަޙައްދުތަކުގައި ހަރުކުރުމަށް ހަދަންޖެހޭ ސައިންބޯޑްތައް ހެދުމުގެ މަސައްކަތާ ބެހޭ:
މާލޭގެ އެކިސަރަޙައްދުތަކުގައި ހަރުކުރުމަށް ހަދަންޖެހޭ ސައިންބޯޑުތައް ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން 06 މޭ 2015 ވަނަ ދުވަހު ކުރެވުނު އިޢުލާން ނަންބަރު IUL)138-AS6/1/2015/135) އާ ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައިނުވާތީ، އެއިޢުލާން ބާޠިލުކޮށް، އަލުން އިޢުލާން ކުރަމެވެ.
ވީމާ، މިމަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 28 މޭ 2015 ވަނަ ދުވަހުގެ ހެނދުނު 10:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 1 ޖޫން 2015 ވަނަ ދުވަހުގެ މެންދުރުފަހުގެ 02:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަގު ބަލައިނުގަނެވޭނެ ކަމުގައި ދެންނެވީމެވެ.
މި އިޢުލާނާ ބެހޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ 4345-300 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.
03 ޝަޢުބާން 1436