ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)415/415/2024/200
ޕަބްލިޝްކުރި ތާރީޚް: 16 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 12:32
ސުންގަޑި: 24 ޖުލައި 2024 20:30
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
2024 ވަނަ އަހަރުގެ ކައުންސިލުގެ ފުރަތަމް ހަމަސްދުވަހުގެ ރިޕޯޓު ރައްޔިތުންނާ ޙިއްސާކުރުން

އިޢުލާން

2024 ވަނަ އަހަރުގެ ކައުންސިލުގެ ފުރަތަމް ހަމަސްދުވަހުގެ ރިޕޯޓު ރައްޔިތުންނާ ޙިއްސާކުރުން

       ޤާނޫނު ނަންބަރު 07/2010 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު)ގެ 110 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ތިނަދޫ ސިޓީ ކައުންސިލްގެ 2024 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހު ކައުންސިލުން ޙާޞިލު ކުރެވުނު ކަންތައްތަކުގެ ރިޕޯޓު ރައްޔިތުންނާ ޙިއްސާކުރުމަށް ބާއްވާ އޮންލައިން ބައްދަލުވުން 24 ޖުލައި 2024 ވާ ބުދަ ދުވަހުގެ ރޭ 20:30 ގައި ތިނަދޫ ސިޓީ ކައުންސިލްގެ ޖަލްސާކުރާ މާލަމްގައި ބާއްވާ ގޮތަށް ހަމަޖައްސައިފީމެވެ.

       ވީމާ، މި އޮންލައިން ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންދެއްވުންއެދި ތިނަދޫ ސިޓީގެ އެންމެހާ ރައްޔިތުންނަށް ދަޢުވަތު އަރުވަމެވެ. އަދި މި ބައްދަލުވުމުގެ ލިންކް ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ޙިއްސާ ކުރެވޭނެ ވާހަކަ ދެންނެވީމެވެ.

16 ޖުލައި 2024