ވަޒީފާގެ ފުރުޞަތު
ނަންބަރު: GS52/IUL/2024/036
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 15:49
ސުންގަޑި: 22 ޖުލައި 2024 12:00
ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު (އެޑްމިނިސްޓްރޭޓިވް އޮފިސަރ- ވަގުތީ)

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

އިޢުލާނު

މި ސްކޫލުގެ ތިރީގައި މިދަންނަވާ މަޤާމަށް މުވައްޒަފަކު ހޯދުމަށް ބޭނުންވެއެވެ.

 

މަޤާމު:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

 J-132320

ބޭނުންވާ އަދަދު:

 01

މަޤާމުގެ ގިންތި:

ވަގުތީ (ވޭޖް އެމްޕްލޮއިމަންޓު)

މަޤާމުގެ ރޭންކު:

ޖީ. އެސް. 3

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލް

މުސާރަ:

4465.00ރ

ސަރވިސް އެލަވަންސް:

1,500.00ރ

އެހެނިހެން އެލަވަންސް:

  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ސްޕެޝަލް ޑިއުޓީ އެލަވަސް:  މުވައްޒަފަށް ލިބޭމުސާރައިގެ %35.
  • ސަޕޯޓިންގ ކޯ އެލަވަންސް -/700 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ދޭސީންނާއި ބިދޭސީންގެ ޕާސަނަލް ފައިލްތައް އަދާހަމަކޮށް ރައްކާތެރިކަމާއިއެކު ބެލެހެއްޓުމާއި އަލަށް ގުޅޭ މުވައްޒަފުންގެ ޕާރސަނަލް ފައިލްހަދާ އަދާހަމަކުރުން.
  2. ކުރުމުއްދަތެއްގައި ނުވަތަ އަވަސް ގޮތެއްގައި ޖަވާބު ދިނުމަށް މެސެޖެއް ނުވަތަ ސިޓީއެއްފަދަ "އާރޖެންޓް"ލިޔުމެއް ލިބިއްޖެނަމަ ކަމުގެ މުހިންމު ކަމަށްބަލާ ވީ އެންމެ އަވަސް ފުރުސަތެއްގައި ސުކޫލުގެ ވެރިޔާ ނުވަތަ އިސްފަރާތަކާއިއެކު މަޝްވަރާކޮށް ޒިންމާދާރުކަމާއެކު ޖަވާބު ތައްޔާރުކޮށް ފޮނުވަންވާނެއެވެ.
  3. ކަނޑައެޅިފައިވާ ގޮތުގެ މަތިން ސްކޫލުގެ އެންމެހާ މުވައްޒަފުންގެ ކަންކަން ހިންގާ ބެލެހެއްޓުން.
  4. ބައްދަލުވުންތަކާއި ޙަރަކާތްތަކުގެ ޙާޟިރީ ހަދާ މުވައްޒަފުންލައްވައި ސޮއިކުރުވުމަށްފަހު ފައިލުކުރުން.
  5. މުވައްޒަފުންނަށްޗުއްޓީގެ ރެކޯޑްތައް އަދާހަމަކޮށް ބެލެހެއްޓުން.
  6. މުވައްޒަފުންގެ ޗުއްޓީ ޗިޓް ތައްޔާރުކޮށް އެފަރާތަކާއި ހަވާލު ކުރުން.
  7. ކޮންމެ އަހަރެއް ފެށުމުން މުވައްޒަފުން ޗުއްޓީއަށް ދާގޮތުގެ ތާވަލް އެކުލަވާލުން.
  8. އޮފީސް ހުޅުވާ ލެއްޕުން.
  9. ސީނިޔަރ މެނޭޖްމަންޓްގެ ބައްދަލުވުންތަކުގައި ބައިވެރިވެ ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔުން.
  10. ސްޓާފުންގެ އެޕްރެއިޒަލް މުއްދަތުގައި، ސިވިލްސަރވިސް އިން އަންގާ ގޮތެއްގެ މަތިން ކަނޑައަޅާ މުއްދަތުގެ ތެރޭގައި އެމަސައްކަތް ހިންގުން
  11. ވިއުގައިގެ ތެރެއިން ސްކޫލާ ގުޅޭ ދާއިމީ މުވައްޒަފުންގެ ސުޕަރވައިޒަރ އެސައިންކުރުން.
  12. ސްކޫލުގެ އިދާރީ މަސައްކަތްތަކުގައި ބޭނުންކުރާ ފޮތްތަކާއި ފައިލްތައް ހެދުމާއި އަދާހަމަކުރުމާއި ބެލެހެއްޓުން
  13. ސްކޫލުގެ ފަރާތުން ބާއްވާ އެކިއެކި މުބާރާތްތަކާއި، ރަސްމިއްޔާތުތައް އިންތިޒާމު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  14. ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށް ހުރަސް އެޅޭ އެއްވެސް ކަމެއް ސުކޫލު މާހައުލުން ދިމާވެއްޖެނަމަ ނުވަތަ މެދުވެރިވާނެކަމަށް ފާހަގަ ކުރެވިއްޖެނަމަ އެކަމެއް ހައްލުކުރުމަށް ކަމާ ގުޅުން ހުރި ޓީޗަރުން ނުވަތަ ސުކޫލުގެ އެހެހެނިހެން އިސްފަރާތް ވާހަކަ ދައްކައިގެން ހައްލުކުރެވޭތޯ މަސައްކަތް ކުރުން
  15. ސްކޫލު މުވައްޒަފުންގެ މުސާރަ ތައްޔާރުކުރުމާއި ކަނޑައެޅިފައިވާ ތާރީޚްތަކަށް މަސައްކަތް ނިންމާ މިނިސްޓްރީއަށް ފޮނުވުން.
  16. މުވައްޒަފުންގެ ހާޒިރީ ބަލަހައްޓާ، ކޮންމެ މަހެއްގެ 07 ވަނަ ދުވަހުގެ ކުރީން ހާޒިރީ ރިޕޯޓް ތައްޔަރުކުރުން
  17. މުވައްޒަފުންގެ ދާއިމީ ރަޖިސްޓްރީ އާއި ވަގުތީ ރަޖިސްޓްރީ އަދާހަމަކޮށް ބެލެހެއްޓުން.
  18. މުވައްޒަފުންގެ ޕޭރޯލް ރަޖިސްޓަރ (ބަނޑޭރިޕޯރޓަލް) އަށް އަންނަ ބަދަލުތައް އަދާހަމަކުރުން
  19. ވަޒީފާއަށް ކުރިމަތިލާ މުވައްޒަފުންގެ ރެކްރޫޓްމަންޓުގެ މަރުޙަލާތައް ފުރިހަމުރުން
  20. ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ވަޒީފާއާއި ގުޅުން ހުރި އެންމެހާ ލިޔެކިޔުންތައް ހަމަކޮށް ސުކޫލުގެ އިސްވެރިޔާގެ ލާފާގެ މަތިން ވަޒީފާ ހަމަޖެއްސުމަށް ސީއެސް ވިއުގައިން ރިކުއެސްޓް ފޮނުވުން.
  21. ވަޒީފާ ހަމަޖެއްސުމުގެ އެންމެހާ ކަމެއް ޤަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ކުރުން.
  22. މުވައްޒަފުންގެ ޕްރޮމޯޝަންގެ ކަންކަން ޤަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ކުރުން.
  23. ބިދޭސީ ޓީޗަރުންގެ ޗުއްޓީ ދަތުރުގެ އެންމެހާ މަސައްކަތެއް މިނިސްޓްރީ އޮފް އެޑިއުކޭޝަންގެ އިރުޝާދުގެ މަތިން ފުރިހަމަކޮށް މިނިސްޓްރީން ކަނޑައަޅާ ތާރީޚްތަކަށް މަޢުލޫމާތު ފޮނުވުން.
  24. ބިދޭސީ ޓީޗަރުން ޗުއްޓީއަށް ފުރުވުމުގެ އިންތިޒާމު ހަމަޖެއްސުން.
  25. ބިދޭސީ ޓީޗަރުންގެ ވިސާ އަދި ވޯރކްޕަރމިޓް އައުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން ކުރުން.
  26. ސްކޫލު އިސްވެރިޔާ ނުވަތަ ހިންގުމާއި ޙަވާލުވެ ހުންނަ ވެރިޔެއްގެ މަޝްވަރާގެމަތިން ބިދޭސީ ޓީޗަރުން ބޭނުންވާ މަޤާމުތަކަށް މިނިސްޓްރީ އަށް ރިކުއެސްޓް ފޮނުވުން.
  27. މުވައްޒަފުން ހޯދުމަށް ފޮނުވަންޖެހޭ ހުއްދަ ރިކުއެސްޓް (ބަނޑޭރު ހުއްދަ) ރިކުއެސްޓް ކުރުން.
  28. ބިދޭސީ ޓީޗަރުންގެ ރެކޯރޑުތައް ސީއެސްވިއުގައަށް އަޅާ އަދާހަމަކޮށް ބެލެހެއްޓުން.
  29. ސްކޫލުން އިންތިޒާމުކުރާ    
  30. އިސްވެދިޔަ ކަންތައްތަކުގެ އިތުރަށް ޚާއްޞަގޮތެއްގައި ހަވާލުކުރެވޭ އާއްމުގޮތެއްގައި ދިމާނުވާޒާތުގެ ބޮޑެތި މަސައްކަތްތަކުގައި، އަދި ކުއްލިގޮތެއްގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި ވެރިން އަންގަވާގޮތުގެމަތިން، ފުރިހަމައަށް ކުރުމުގައި މަސައްކަތް ކުރުން.

 

މަޤާމުގެ ޝަރުޠުތައް:

ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުން.

 ނުވަތަ

 މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތް ކޮށް ތަޖުރިބާ ލިބިފައިވުން.

 ނުވަތަ

މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލެ 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިހާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ޑީ ގްރޭޑް ލިބިފައިވުން.

  • މަޤާމުގެ ތަޢުލީމީ ރޮނގުތައް: ނެތް
  • ޕްރިފަރޑް ޑިސިޕްލިން(ތައް): ނެތް
  • ކޯ ޑިސިޕްލިން(ތައް): ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • އެޑްމިނިސްޓްރޭޝަން  
  • މެނޭޖްމެންޓް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

އަސާސީ ޝަރުތު ހަމަވުން

30

އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

އަސާސީ ޝަރުތައްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ 

5

އެސެސްމަންޓް  (އިމްތިހާން ނުވަތަ ޕްރެކްޓިކަލް)

25

އިންޓަރވިއު

35

 

މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 އިން ފެށިގެން މަތިން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ޖުލައި 2024 ގެ 12:00 ގެ ކުރިން، ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާން އޮންނާނީ، 24 ޖުލައި 2024  އާއި 27 ޖުލައި 2024 ދެމެދު، ޙަމަދު ސްކޫލު ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6800012 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

09 މުޙައްރަމް 1446

15 ޖުލައި 2024

 

15 ޖުލައި 2024