ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2024/84
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 15:37
ސުންގަޑި: 17 ޖުލައި 2024 18:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
2024 ޖުލައި 16 އިން 17 އަށް ހުޅުމާލޭގައި އެމް.އެން.ޑީ.އެފް އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2024 ޖުލައި 16 އިން 17 އަށް، މިއިން ކޮންމެ ދުވަހެއްގެ 06:00 އިން 18:00 އަށް ހުޅުމާލޭގެ އިރުމަތިން 11.25 ނޯޓިކަލް ބޭރުގައި (05 ނޯޓިކަލް މޭލު ސަރަހައްދެއްގައި) ކަނޑުމަތީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ބަޑީގެ ވަޒަން ދަތުރުކުރާނީ ހުޅުމާލޭ އިރުމަތިން 11.25 ނޯޓިކަލް މޭލު ބޭރުން 4700 މީޓަރ ދުރުމިނަށެވެ. އަދި ވަޒަން ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

15 ޖުލައި 2024