ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)28-AD-1/1/2024/83
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 15:31
ސުންގަޑި: 18 ޖުލައި 2024 23:59
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
2024 ޖުލައި 15 އިން 18 އަށް އެމް.އެން.ޑީ.އެފް އިން ކ.ގިރިފުށީގައި ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކާގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށްގެންދާ އަސްކަރީ ތަމްރީނުތަކެއް 2024 ޖުލައި 15 އިން 18 އަށް، މިއިން ކޮންމެ ދުވަހެއްގެ 18:00 އިން 23:59 އަށް ކ.ގިރިފުށީގައި ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނުތަކުގައި ބޭނުންކުރާ ވަޒަން ދަތުރުކުރާނީ ކ.ގިރިފުށި ހުޅަނގު ދެކުނަށް 5400 މީޓަރ ދުރުމިނަށެވެ. އަދި  ވަޒަން ދަތުރުކުރާނެ އުސްމިނަކީ 200 މީޓަރެވެ.

ވީމާ، މިވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.  

15 ޖުލައި 2024