ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)350-SA/350/2024/41
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:47
ސުންގަޑި: 08 އޮގަސްޓް 2024 11:00
އަރިއަތޮޅު ދެކުނުބުރީ މަހިބަދޫ ކައުންސިލުގެ އިދާރާ
ދިވެހިރާއްޖެ
ދެކުނުފަރާތު ބަނދަރު ސަރަޙައްދުން 2 ބިން ކުއްޔަށް ދޫކުރުމާއިބެހޭ

މަހިބަދޫގެ ދެކެނުފަރާތު ބަނދަރު ސަރަހައްދުގައި ބީ. އެމް. އެލް ހުރި ކޮށީގައި އޮތް ހުސް ދެ ބިން ކުއްޔަށް ދޫކުރުމަށް ޤަސްތުކުރަމުއެވެ.

މި މަޝްރޫޢުގައި ބައިވެރިވަން ބޭނުންވާ ފަރާތްތަކުން، 2024 ޖުލައި 24 ވާ ބުދަހުގެ 13.30 ގެ ކުރިން މިއިދާރާއަށް ހާޟިރުވެ، ނުވަތަ [email protected] އަށް މެއިލްކޮށް ރަޖިސްޓްރީ ވުމަށްޓަކައި ބޭނުންކުރާ ކަރުދާސް ހުށަހެޅުން އެދެމެވެ. މި މަޝްރޫޢުގައި ބައިވެރިކުރެވޭނީ -/150 ރުފިޔާގެ ފީއެއް ދެއްކުމުންނެވެ. ރަޖިސްޓްރީވިކަން ކަށަވަރު ކޮށްދިނުމުގެގޮތުން އަންދާސީ ހިސާބު ހުށަހަޅާ ކަރުދާހާއި، މައުމޫތު ކަރުދާސް ޙިއްސާކުރެވޭނެއެވެ.

ރަޖިސްޓްރީ ވާފަރާތްތަކަށް މައުލޫމާތު ދިނުމުގެ ބައްދަލުވުން، 2024 ޖުލައި 30 އަންގާރަ ދުވަހުގެ 10.30 ގައި މިއިދާރާގައި އޮންނާނެއެވެ. މަޝްރޫޢުގައި ބައިވެރި ވުމަށްއެދި ރަޖިސްޓަރީ ވެފައިވާ ފަރާތްތަކަށެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ، 2024 އޮގަސްޓް 8 ވާ ބުރާސްފަތި ދުވަހުގެ 11.00 ގައި މިއިދާރާގައެވެ. ބިޑުތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކޮށްފައެވެ. ބީލަން ހުށަހަޅާއިރު ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދީފައިވާ ނަމާއި، ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނު ނަމްބަރު ލިޔެފައި އޮންނަންވާނެއެވެ. ވިޔަފާރީގެ ވެރިވަރާތްނޫން އެހެން ފަރާތަކުން ބީލަން ހުށަހަޅަން ދުރުވާނަމަ ވިޔަފާރީގެ ވެރިވަރާތުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުމެއް، ބީލަމާއެކު އެއްކަރުދާސްކޮށްފައި އޮންނަންވާނެއެވެ.

ނޯޓް: ބީލަން ފޮތުގެ ސެކްޝަން 2 ގެ 5ވަނަ ޕޮއިންޓުގައިވާ (ހ)، (ށ)، (ނ) އަދި (ރ) ގައި ބަޔާންކޮށްފައިވާ ފަރާތްތަކަށް ބީލަމުގެ އެއްވެސް ލިޔުމެއްގައި ވިޔަފާރީގެ ވެރިފަރާތްނޫން އެހެން ފަރާތަކުން ސޮއިކޮށްފައިވާނަމަ "ޕަވަރ އޮފް އެޓާރނީ" (މިއީ ކޯޓުން ދޫކުރާ ލިޔުމެއް)ގެ ކޮޕީއެއް ބީލަމާއެކު އެއްކަރުދާސްކޮށްފައި އޮންނަންވާނެއެވެ. އަދި މި ފަރާތްތަކުން ބީލަމުގެ ލިޔުމެއްގައި ސޮއި ކޮށްފައިވާއިރު "ޕަވަރ އޮފް އެޓާރނީ" ބީލަމާއެކު ހުށަނާޅާނަމަ އެ ބީލަމެއް ބާތިލް ވާނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 2024 ޖުލައި 23 ވާ އަންގާރަ ދުވަހުގެ  13:00ގެ ކުރިން މިއިދާރާގެ  6680773 ނަންބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

15 ޖުލައި 2024