މަސައްކަތް
ނަންބަރު: 137-IU/PR/2024/22
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 24 ޖުލައި 2024 11:00
އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
އައި.ޖީ.އެމް ހޮސްޕިޓަލަށް "ޕްރޮކިއުމަންޓް މެނޭޖްމަންޓް ސޮލޫޝަން" އެއް ހަދައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދައުވަތު

އިޢުލާން ނަމްބަރ:   137-IU/PR/2024/22

ޕްރޮޖެކްޓް ނަމްބަރ:   137-PR/2022/W-14

 

ޕްރޮޖެކްޓްގެ ނަން:  އައި.ޖީ.އެމް ހޮސްޕިޓަލަށް "ޕްރޮކިއުމަންޓް މެނޭޖްމަންޓް ސޮލޫޝަން" އެއް ހަދައިދޭނެ ފަރާތެއް ހޯދުން

 

އައި.ޖީ.އެމް ހޮސްޕިޓަލަށް "ޕްރޮކިއުމަންޓް މެނޭޖްމަންޓް ސޮލޫޝަން" އެއް ހަދައިދޭނެ ފަރާތެއް ހޯދަން 27 ޖޫން 2024ގައި ކޮށްފައިވާ ނަމްބަރު 137-IU/PR/2024/20 އިޢުލާނަށް ހުށަހަޅާފައިވާ އަގު ބޮޑުކަމަށްވާތީ އެއިޢުލާނު ބާތިލްކޮށް، އަލުން މިމަސައްކަތައް ހުށަހަޅާ "ޓީއޯއާރު" އާއި އެއްގޮތައް މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ފުރުސަތު ހުޅުވާލަމެވެ.

ބިޑް ހުށަހަޅުއްވާ ފަރާތްތަކުން ސަމާލުކަންދޭންވީ ކަންތައްތައް

  1. ޚިދުމަތްދޭފަރާތަކީ، އެ ޚިދުމަތެއް ފޯރުކޮށްދިނުމަށް ހުއްދަ ލިބިފައިވާ، ދާއިމީގޮތެއްގައި ހިނގަމުންދާ ތަނެއްކަމުގައިވުން. އަދި ސަރުކާރުގެ ގަވާއިދާއި އެއްގޮތްވާގޮތުގެމަތިން، ސަރުކާރުގެ ތަންތަނަށް މަސައްކަތްކޮށް ދިނުމަށް އެއްބާރުލުމަށް އެއްބަސްވާ ފަރާތެއްކަމުގައިވުން.
  2. މިބީލަމުގައި ރަޖިސްޓްރީވުމަށް ކުންފުނީގެ ނަމާއި އެޑްރެސް، ރަޖިސްޓްރޭޝަން ނަމްބަރު އަދި  ފޯނު ނަމްބަރ އެނގޭނެހެން  16 ޖުލައި 2024 އިން ފެށިގެން 23 ޖުލައި 2024 ގެ ނިޔަލަށް ތިރީގައި ބަޔާންކޮށްފައިވާ އީމެއިލްއަށް، ފޮނުއްވުން އެދެމެވެ.
  3. މިމަސައްކަތާބެހޭ އެންމެހައި ލިޔެކިޔުންތައް، ސޮފްޓްކޮޕީ ފޯރމެޓުގައި މި ހޮސްޕިޓަލުގެ ވެބްސައިޓް http://www.igmh.gov.mv/publications/tenders  އިން 16 ޖުލައި 2024ގެ 14:00ން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.   އަދި މިބީލަމާއި ގުޅިގެން ދޫކުރެވޭ އެންމެ ފަހުގެ މައުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތްތަކުގެ ޒިންމާއެވެ.
  4. ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި 7,000.00ރ (ހަތްހާސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންވާނެއެވެ.  ބިޑުސެކިޔުރިޓީގެ  މުއްދަތަކީ ބިޑު ހުޅުވާ ތާރީހުން  ފެށިފެން  90  ދުވަހެވެ. 
  5. މިމަސައްކަތާބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 22 ޖުލައި 2024 ގެ ކުރިން އީމެއިލް ކުރެއްވުން އެދެމެވެ. އީމެއިލް އެޑްރެސްތައް ތިރީގައި ބަޔާންކުރެވިފައިވާނެއެވެ.
  6. ބީލަން ހުޅުވުން އޮންނާނީ 24 ޖުލައި 2024 ގެ 11:00 ގައި މިހޮސްޕިޓަލުގެ ޕްރޮކިއުމަންޓް މީޓިންގ ރޫމްގައެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބިޑުތައް ބަލައިނުގަނެވޭނެއެވެ. ބީލަންތައް ހުންނަންވާނީ މައުލޫމާތު ކަރުދާހުގައި ބަޔާން ކުރެވިފައިވާގޮތައް ސިޓީއުރައިގައި ބަންދުކޮށްފައެވެ.
  7. އިތުރު މައުލޫމާތު ތިރީގައިމިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ޑިޕާރޓްމަންޓް

އިންދިރާ ގާނދީ މެމޯރިއަލް ހޮސްޕިޓަލް،

ކަނބާ އައިސާރަނި ހިނގުން، މާލެ، ދިވެހިރާއްޖެ

ފޯނު: +960 3335349 ، +960 3335254

އީމެއިލް [email protected]

       ކޮޕީ: [email protected]

 

 

                                   10 މުޙައްރަމް 1446

                                    15 ޖުލައި 2024

15 ޖުލައި 2024