ދިވެހިރާއްޖެ
މިކައުންސިލްގެ އިދާރާއިން ހިންގަމުން ގެންދާ މިރަށު ވޭސްޓް މެނޭޖްމަންޓު ސެންޓަރ ގައި ކުރިން ބޭނުންކޮށް ނުދުއްވާ މިހާރު ސެންޓަރުގައި ބާއްވާފައިއޮތް ފެހިކުލައިގެ ދަވާދުލާފައިއޮތް ޕިކަޕް ސިޓީން އަގު ހުށަހަޅާ ނީލަމުގައި ވިއްކާލުމަށް ކައުންސިލްގެ ނަންބަރު: (N)352-2024/104 ( 12 ޖޫން 2024 ) ޢާއްމު ޖަލްސާއިން ވަނީ، ނިންމާފައެވެ.
ވީމާ، ޕިކަޕްގެ ނީލަންކިޔުން 2024 ޖުލައި 22 ވާ ހޯމަ ދުވަހުން ފެށިގެން ޢާއްމުކޮށް ހުޅުވާލައިފީމެވެ. ވުމާއެކު ނީލަމާބެހޭ މަޢުލޫމާތު ތިރީގައި މިދަންނަވަނީއެވެ.
(1) ޕިކަޕްގެ ބާވަތް: ނިޝާން
(2) މިއިދާރާއިން ޕިކަޕް ބޭނުންކޮށްފައިވާ މުއްދަތު: 04 އަހަރު
(3) ޕިކަޕް ބާއްވާފަ އޮތްތަން: އދ.ދަނގެތީ ވޭސްޓް މެނޭޖްމަންޓް ސެންޓަރގެ ގޯތިތެރޭގައި
(4) ޕިކަޕްގެ ނީލަން ފެށޭއަގު: -/15،000ރ ( ފަނަރަ ހާސް ރުފިޔާ )
(5) ނީލަމުގެ އަގަށް އެންމެ ކުޑަކޮށް ހުށަހެޅޭނެ އަގު: -/1،000ރ ( އެއްހާސް ރުފިޔާ )
(6) ނީލަމަށް އަގު ހުށަހަޅާނެގޮތް: ސިޓީމެދުވެރިކޮށް އީމެއިލުން ނުވަތަ ކައުންސިލް އިދާރާއަށް ދުރުވެއެވެ.
(7) ނީލަމަށް ހުށަހަޅާ އަގު ބަދަލުކުރެވޭނެގޮތް: ނީލަމަށް ހުށަހަޅާ އަގު ބަދަލުކުރެވޭނީ ކޮންމެ ދުވަހެއްގެވެސް މެންދުރު
12.00 ގައެވެ. މިގޮތުން އަގު އާއްމު ކުރުމަށް ޓަކައި ނޯޓިސް ބޯޑަށް ނެރެ ޢާއްމުކުރާނީ އެދުވަހެއްގެ 11.45 ގެ ކުރިން ހުށަހަޅާ
އަގުތަކެވެ. އޭގެފަހުން ހުށަހަޅާ އަގު ބޯޑަށް ނެރެ ޢާއްމުކުރާނީ ޖެހިގެން އަންނަ ދުވަހުގެ 12.00 ގައެވެ.
(8) ނީލަމުގައިވާ އަގު ޖެހިޖެހިގެން ދެދުވަހު އެއްއަގެއްގައި އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަން ނިންމާ
ލެވޭނެއެވެ. ( ދެދުވަހުގެ ގޮތުގައި ބެލެވޭނީ ނޯޓިސްބޯޑުގައި އަގު ޢާއްމުކުރާ ގަޑިންފެށިގެން 48 ގަޑި އިރު ވުމުންނެވެ. )
ވުމާއެކު، ޕިކަޕް ނީލަމުން ނަންގަވާ ފަރާތުން ނީލަން ނިމޭތާ ލަސްވެގެން 03 ( ތިނެއް ) ދުވަހުގެ ތެރޭގައި މިއިދާރާއަށް ފައިސާ ދެއްކެވުމަށްފަހު ލަސްވެގެން 05 ދުވަހުގެ ތެރޭގައި ޕިކަޕް އޮތްތަނުން ނަންގަވައި ގެންދަންވާނެއެވެ.
މިކަމާއިގުޅިގެން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 7788642 ނަންބަރު ފޯނަށެވެ. އީމެއިލް މެދުވެރިކޮށް އަގު ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން ސިޓީ މެއިލް ކުރަށްވާނީ މިއިދާރާގެ އީމެއިލް ([email protected]) އަށެވެ.
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.