ބީލަން
ނަންބަރު: (IUL)393/393/2024/72
ޕަބްލިޝްކުރި ތާރީޚް: 15 ޖުލައި 2024
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 24 ޖުލައި 2024 11:30
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކިނބިދޫގައި އުފެދޭ ކުނި އުކާލަދޭނެ ފަރާތެއް ހޯދުން

މި އިޢުލާންވަނީ 17 ޖުލައި 2024 13:54 ގައި ބާތިލް ކުރެވިފައެވެ.


ކިނބިދޫގައި އުފެދޭ ކުނި އުކާލަދޭނެ ފަރާތެއް ހޯދުން

ކިނބިދޫގައި އުފެދޭ ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް، މިއިދާރާއިން ހަމަޖައްސާ އުސޫލަކާ އެއްގޮތަށް ކުނި އުކާލަދިނުމާއި، އަދި ޑަސްބިން ބެހެއްޓިފައިވާ ތަންތަނުން ކޮންމެދުވަހަކު ޑަސްބިން އުކައި ސާފުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާތީ، އެކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ. މިމަސައްކަތުގެ / ޚިދުމަތް ފޯރުކޮށް ދިނުމުގެ މުއްދަތަކީ މީލާދީ 1 އަހަރު ދުވަހެވެ.

ބީލަން ފޯމް ދޫކުރުން

1. ބީލަން ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ 15 ޖުލައި 2024 ން ފެށިގެން 24 ޖުލައި 2024 ވާ ބުދަ ދުވަހުގެ 10:00ގެ ނިޔަލަށެވެ.  

2. ބީލަން ފޯމެއްގެ އަގަކީ -/150 (އެއްސަތޭކަ ފަންސާސް) ރުފިޔާ އެވެ.

3. ބީލަން ފޯމް ވިއްކުމަށް ހަމަޖެހިފައިވަނީ މި އިދާރާގެ ކައުންޓަރުންނާއި މި އިދާރާގެ އީމެއިލް މެދުވެރި ކޮށެވެ.

 4. އީމެއިލް މެދުވެރިކޮށް ބިޑްފޯމް ނަންގަވާ ފަރާތްތަކުން މި އިދާރާގެ އެކައުންޓް ނަމްބަރ:

001 700293 7725( 1443 ރެވެނިއު 1) އަށް ފައިސާ ޖަމާކޮށް ފައިސާ ދެއްކި ސްލިޕްކޮޅު މި އިދާރާގެ އީމެއިލް [email protected]  އަށް މެއިލް ކުރެއްވުމުން އެފަރާތުގެ އީމެއިލްއަށް ބިޑްފޯމް ފޮނުވައިދެވޭނެއެވެ.

ރަޖިސްޓަރީ ކުރުމަށް ހުށަހެޅުން

ރަޖިސްޓަރީ ކުރުމަށް ހުށަހެޅޭނީ ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/18) ގެ ދަށުން ރަޖިސްޓަރީ ވެފައިވާ ކުންފުނިތަކަށާއި އަމިއްލަ ފަރުދުންގެ ވިޔަފަރި ރަޖިސްޓަރީ ކުރުމުގެ ޤާނޫން (2014/19) ގެ ދަށުން ރަޖިސްޓަރީވެ ރަޖިސްޓަރީގެ މުއްދަތު ހަމަނުވާ ފަރާތްތަކެވެ. ބިޑް ހުށަހެޅުމުގައި ބައިވެރި ވެވޭނީ  މީގެތެރެއިން ކޮންމެވެސް އެއް ޙައިސިއްޔަތަކުންނެވެ.

މަޢްލޫމާތު ސާފުކޮށް ދިނުން

އިތުރު މަޢްލޫމާތު ސާފުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް މަޢްލޫމާތު ސާފުކޮށް ދިނުމަށް ހަމަޖެހިފައިވަނީ ކޮޅުމަޑުލު ކިނބިދޫ ކައުންސިލް އިދާރާގެ އީ-މެއިލް [email protected] މެދުވެރިކޮށެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުމުގެ ސުންގަޑި

ތަން: ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ޖަލްސާކުރާ މާލަމް

ތާރީޚް: 24 ޖުލައި 2024  ބުދަ ދުވަހުގެ މެންދުރުކުރި 11:30

ބަދަލުގައި މީހަކު ފޮނުއްވާނަމަ: ހުށަހަޅާ ފަރާތުގެ އައިޑީ ކާޑްގެ ފޮޓޯކޮޕީ އާއި ސިޓީއެއް ފޮނުއްވަން ވާނެއެވެ. އަދި، ބީލަން ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ.

 މަސައްކަތުގެ ތަފްޞީލް:

  1. ކުނި އުކަންވާނީ މިހާރު ބޭނުން ކުރަމުންދާ ކުނިކޮށްޓަށެވެ.
  2. ކައުންސިލުން އެކިއެކި ސަރަޙައްދުތަކުގައި ބަހައްޓާފައި ހުރި ޑަސްބިންތައް އުކައި ސާފުކޮށް ބެލެހެއްޓުން
  3. ކައުންސިލުން ހަމަޖައްސާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެމަތިން ގޭބިސީ ތަކާއި މުއައްސަސާތަކުން ކުނިނަގައި އެކުނި އުކާލުން
  4. މީގެ އިތުރުންވެސް ކުނި މެނޭޖް ކުރުމާގުޅޭ ގޮތުން ކައުންސިލުން އަންގާ މަސައްކަތްތައް ކުރުން

އަންދާސީ ހިސާބުތަކަށް ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް

  1. ހުށަހަޅާ އަގު  %70 ( އަގަށް ޕޮއިންޓް ދެވޭނީ އެއްމެ ކުޑައަގު / ހުށަހެޅި އަގުގެ %70 )
  2. މަސައްކަތް ކުރުމަށް ބޭނުން ކުރާ އަމިއްލަ ތަކެއްޗަށް %20 (މިމަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތާ ޙަވާލުވާ ފަރާތުގެ ޕިކަޕް ނުވަތަ ބަގީގައި، އަދި މިނޫންވެސް އެމަސައްކަތް ކުރުމަށް ބޭނުންވާނެ އެފަރާތުގެ އަމިއްލަ ތަކެތީގައެވެ.)
  3. މަސައްކަތުގެ ތަޖުރިބާ (މިބަޔަށް ޕޮއިންޓް ލިބޭނީ މަސައްކަތް ކޮށްފައިވާ ކޮންމެ އަހަރަށް 1 ޕޮއިންޓްގެ އުސޫލުން، ގުޅުންހުރި ލިއުންތަކަށެވެ.)

 ބީލަމާއެކު ހުށަހަޅަންޖެހޭ ތަކެތި

  1. ބިޑް ހުށަހަޅާ ފޯމް
  2. ތަޖްރިބާގެ ލިއުންތައް
  3. މަސައްކަތަށް ބޭނުންކުރާ އާލާތްތަކުގެ ތަފުޞީލު
  4. އައި ޑީ ކާޑްގެ ދެފުށުގެ ސާފު ކޮޕީ
  5. ވިޔަފާރި ރަޖިސްޓަރީގެ ކޮޕީ
15 ޖުލައި 2024