ދިވެހިރާއްޖެ
| 
 އިޢުލާން  | 
 ނަންބަރ:  | 
 (IUL)421/ESMSED/421/2024/38  | 
| 
 ތާރީޚް  | 
  09 މުޙައްރަމް 1446  | 
|
| 
 15 ޖުލައި 2024  | 
ރަށުގެ ހޭޅިފަށް ކޮށައިގެން އެކި ބޭނުންތަކަށް ބޭނުންކުރުން
މިހާރަކަށް އައިސް ރަށުގެ ހޭޅިފަށުން ބޮޑުބައި ކޮށައިގެން ޕިކްނިކް ސަރަޙައްދުގެ ނަމުގައި އެކިތަންތަން ހަދާ،ބޭނުންކުރަމުންދާކަން މިކައުންސިލަށްވަނީ އެނގިފައެވެ. އެގިވަޑައިގަންނަވާނޭ ފަދައިން ރަށުގެ ހޭޅިފަށުގެ އެކި ދިމަދިމާލުން މިފަދަ ތަންތަން ކޮށާހެދުމަކީ ތިމާވެށި ޙިމާޔަތްކުރުމަށް ހެދިފައިވާ ޤާނޫނާއި،ޤަވާއިދުތަކާއި އަދި އުސޫލުތަކާއި ޚިލާފް ކަމެކެވެ.
އެހެންކަމުން ރަށުގެ ހޭޅިފަށުން އެއްވެސް ބޭނުމެއްގައި އެއްވެސް ކަމެއްކުރާނަމަ ނުވަތަ ކުރުމަށް ޝައުގުވެރިވާނަމަވެސް މިކައުންސިލަށް އަންގައި އެކަމަކަށް ބޭނުންވާ ހުއްދަ ހޯދައިގެން އެކަމެއްކުރުމަށް އިލްތިމާސް ކުރަމެވެ. އަދި މިދެންނެވި ގޮތާ ޚިލާފަށް ޢަމަލުކުރާ ފަރާތްތަކާއި މެދު މިކައުންސިލުން ފިޔަވަޅު އަޅަމުންގެންދާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެނެނެވީމެވެ.
ޙަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް