ދިވެހިރާއްޖެ
| 
 
 އިޢުލާން  | 
 ނަންބަރ:  | 
 (IUL)421/ESMSED/421/2024/36  | 
| 
 ތާރީޚް  | 
  09 މުޙައްރަމް 1446  | 
|
| 
 15 ޖުލައި 2024  | 
ވޮލީ ކޯޓު ސަރަޙައްދު ރުއްގަނޑު ކުއްޔަށް ދޫކުރުން
ގދ.ވާދޫގެ ދެކުނުފަރާތު ( ވޮލީ ކޯޓު ސަރަޙައްދު ) ގައިވާ ރުއްގަނޑު ކުއްޔަށް ދޫކުރުމަށްކުރި މިއިދާރާގެ ނަންބަރ: (IUL)421/ESMSED/421/2024/35 ( 30 ޖޫން 2024 ) ގެ އިޢުލާނާ ގުޅިގެން އެކަށީގެންވާ ވަރަށް އަންދާސީ ހިސާބު ހުށަހަޅާފައިނުވާތީ އަލުން އިޢުލާން ކުރަމެވެ.
ވީމާ،މިދެންނެވި ރުއްގަނޑު ކުއްޔަށްހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލެވިފައިވާ ސުންގަޑި ހަމަވުމުގެ ކުރިން މިއިދާރާގެ އީމެއިލް [email protected] އީމެއިލްމެދުވެރިކޮށް ނުވަތަ ކައުންސިލަށް ފޯމް ހުށަހަޅުއްވައިގެން ބީލަމުގައި ރަޖިސްޓްރީވުމަށް ދަންނަވަމެވެ.މިކަމަށް ކުރިމަތިލެވޭނީ ޤާނޫން ނަންބަރ 2014/18 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކާއި،ޤާނޫން ނަންބަރ 19/2014 ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ އަމިއްލަ ފަރުދުންގެ ވިޔަފާރި ތަކަށެވެ.މިއިޢުލާނާ ގުޅިގެންދެވޭ މަޢުލޫމާތު ކަރުދާހާއި ބީލަމުގައި ރަޖިސްޓްރީވުމަށްއެދޭ ފޯމާއި،ބީލަންހުށަހަޅާ ފޯމް އަދި އަގުހުށަހަޅާ ފޯމް މިއިޢުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެވެ.
| 
 ތަފްޞީލް  | 
 ތާރީޚް  | 
 ދުވަސް  | 
 ގަޑި  | 
| 
 ބީލަމުގައި ރަޖިސްޓްރީ ވުމުގެ ސުންގަޑި  | 
 2024/07/23  | 
 އަންގާރަ  | 
 14:00  | 
| 
 އަންދާސީ ހިސާބް ހުށަހެޅުމުގެ ސުންގަޑީ  | 
 2024/07/25  | 
 ބުރާސްފަތި  | 
 13:00  | 
އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން ނަންބަރ 6840005 އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ހަސަން ޢަބްދުﷲ
ކައުންސިލްގެ ރައީސް