ދިވެހިރާއްޖެ
އޮގަސްޓު 2024 ގައި މި ޔުނިވަރސިޓީން ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ތިރީގައި މި ބަޔާން ކުރާ ކޯސް ހިމެނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހަށް އެޕްލައިކުރުން 15 ޖުލައި 2024 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 އިން ފެށިގެން 25 ޖުލައި 2024 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 14:00 ނިޔަލަށެވެ. މި ކޯހާއި ބެހޭ މަޢުލޫމާތު courses.mnu.edu.mv/ އިން ލިބެން ހުންނާނެއެވެ. ކޯސްތަކަށް އެޕްލައިކުރުން ހަމަޖެހިފައިވަނީ އޮންލައިންކޮށް portal.mnu.edu.mv ގައިވާ ޕޯރޓަލް މެދުވެރިކޮށެވެ. އިތުރު މަޢުލޫމާތު [email protected] އަށް މެއިލް ކުރެއްވުމުން އަދި 1445 ފޯނާ ގުޅުއްވުމުން ލިބިވަޑައިގަންނަވާނެ އެވެ.
ފެކަލްޓީ އޮފް އެޑިޔުކޭޝަން
1- ބެޗްލަރ އޮފް އާރޓްސް ޓީޗިންގ އިންގްލިޝް އޭޒް އަ ފޮރިންގ ލޭންގްވިޖް – ފުލްޓައިމް (ހެނދުނު) – މާލެ
2- މާސްޓަރ އޮފް އެޑިޔުކޭޝަން (ދިވެހި ލޭންގްވިޖް ޓީޗިންގ) - ފުލްޓައިމް (ހަވީރު) – މާލެ
3- މާސްޓަރ އޮފް އެޑިޔުކޭޝަން (އިންގްލިޝް ލޭންގްވިޖް ޓީޗިންގ) - ފުލްޓައިމް (ހަވީރު) – މާލެ
4- މާސްޓަރ އޮފް އެޑިޔުކޭޝަން (އެޑިޔުކޭޝަނަލް މެނޭޖްމަންޓް އެންޑް ލީޑަރޝިޕް) - ފުލްޓައިމް (ބްލެންޑެޑް) – މާލެ
ކޯސްތަކަށް ޖާގަ ދިނުމަށް ހަމަޖެހިފައިވާ އުސޫލާއި، ކޯސްތަކުގެ ޝަރުތު ބެއްލެވުމަށް މިލިންކަށް ފިއްތާލައްވާ:
Additional course announcement - 2024 Term 2
09 މުޙައްރަމް 1446